ރާއްޖޭގެ ޚަބަރު ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީ އިން ރާއްޖެއަށް އެހީވެއްޖެ!

ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީ އިން ރާއްޖެއަށް އެހީވެއްޖެ!

ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީ އިން ރާއްޖެއަށް އެހީވެއްޖެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް އެހީވެއްޖެކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ޔޫއެއީއިން ރާއްޖެއަށް އެހީ ހިފައިގެން ހާއްސަ މަތިންދާ ބޯޓެއް އައިސްފައިވާކަމަށާއި އެގައުމުން ރާއްޖެއަށް އެހީގެ ގޮތުގައި ދީފައިވާނީ 77.3 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނާއެކު ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތައް ހަދިޔާ ކޮށްފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި ޔޫއެއީ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި "ސެނިޓައިޒަރ ފުޅި، ކޭ.އެން 95 މާސްކް، ސަރޖިކަލް މާސްކް، އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)، ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު) ، ފޭސް ޝީލްޑް، ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން، ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް އަދި ރިއަލް ޓައިމް ޕީ.ސީ.އާރް ސިސްޓަމް ހިމެނޭ" ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިދިޔަ އޭޕްރީލް މަހު ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނަށްއަށް ގުޅުއްވާ ރާއްޖޭގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.