މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހަފްތާއަކު 3 ދުވަހު ޚިދުމަތް ދެއްވުމަށް ނިންމަވައިފިއެވެ.
މިމަހު މާލޭގެ ލޮކްޑައުނަށް ދެވިފައިވާ ލުއިތަކާއި ވިދިގެން އެމްއައިބީއިން އިއުލާން ކުރައްވާ ގޮތުގައި 1 ޖޫނުން ފެށިގެން ބޭންކުގެ ޚިދުމަތް ހަފްތާއަކު 3 ދުވަހު ދެވޭނެއެވެ. މިގޮތުން ބޭންކުގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ބޭންކުގެ ޚިދުމަތް ހޯއްދެވުމަށް އެޕޮއިންޓުމަންޓެއް ހައްދަވަން ޖެހެއެވެ. އަދި ގިނަ ޢަދަދެއްގެ ފައިސާ ޑިޕޮސިޓް ކުރެއްވުމަށް ނުވަތަ ޖަމާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުރިއާލާ އެޕޮއިންޓުމަންޓު ހައްދަވަން ޖެހޭނެއެވެ.
އެމްއައިބީއިން އިތުރަށް މަޢުލޫމާތު ދެއްވާ ގޮތުގައި އެކުންފުނީގެ މައި ބްރާންޗުން ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓުމަންޓު ހެއްދެވުމަށް 3011104 މިނަންބަރަށް ގުޅުއްވައިގެން ނުވަތަ [email protected] މިއެޑްރެހަށް އީމެއިލް ކުރައްވައިގެން ޚިދުމަތަށް އެދިލެއްވޭނެއެވެ. އަދި ހުޅުމާލޭގެ ބްރާންޗުން ޚިދުމަތް ހޯއްދަވަން އެދިލައްވާ ފަރާތްތަކުން 3011115 މިނަންބަރަށް ގުޅުއްވައިގެން ނުވަތަ [email protected] މިއެޑްރެހަށް އީމެއިލް ކުރައްވައިގެން ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
އެމްއައިބީގެ ޚިދުމަތް ދެއްވަން ހަމަޖެހިފައިވަނީ މިހަފްތާގެ ހޯމަ، އަންގާރަ، އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 2:00 އަކަށެވެ. އަދި މީގެ އިތުރުން މައި ބްރާންޗުގެ ކައިރީގައި ހުންނަ އޭޓީއެމުން މަދުން ފައިސާ ޖަމާކުރެއްވުމަށް އެދިލައްވާ ފަރާތްތަކުން ޗެކުން ޖަމާ ކުރެއްވުމުގެ ޚިދުމަތް ވަނީ ހަމަޖެހިފައި ކަމަށާއި، 20000 ރުފިޔާ އަށްވުރެ މަދުން ފައިސާ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން އޭޓީއެމްގެ ޚިދުމަތް އިޚްތިޔާޜު ކުރެއްވުމަށްވެސް އެމްއައިބީއިން އެދިލައްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...