ރާއްޖޭގެ ޚަބަރު ލޮކްޑައުން ތެރޭގައި މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނަގަނީ

ލޮކްޑައުން ތެރޭގައި މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނަގަނީ

Lockdown Thereyga Male'ge Miskiyythakun Fanka Vagah Nagany

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިލޮކްޑައުންގެ ތެރޭގައި މާލޭގެ 16 މިސްކިތްތެއްގެ ފަންކާތައް ވަގަށް ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލަށް ޙަވާލާދެއްވާ ޕީއެސްއެމް ނިޔުސިން ވިދާޅުވާ ގޮތުގައި އެންމެ ފަހުން ވައްކަން ކުރެވިފައިވަނީ މަސްޖިދުލް ޢާދިލު (ނުވަތަ ދެބުރި މިސްކިތާއި) މާފަންނު ބޮޑޫ ގޭގައި ހަދައިފާ ހުންނަ ވަޤުތީ މިސްކިތުންނެވެ. މިގޮތުން ދެބުރި މިސްކިތުން އެމިސްކިތުގައި ބަންގި ގޮވުމަށް ބޭނުންކުރާ ކޯޑް މައިކެވެ. އަދި ބޮޑުގޭ މިސްކިތުން 11 ފަންކާ ވަގަށް ނަގާފައިވެއެވެ.

މީގެ އިތުރުން ދަރުމަވަންތަ މިސްކިތުން 3 މާފަންނު ޢީދު މިސްކިތުން 2 ފަންކާ ވަގަށް ނަގާފައިވެއެވެ. މިހުރިހާ މިސްކިތްތަކަކީވެސް ތަޅުލެވޭ ގޮތަށް ދޮރު ނުހުންނަ މިސްކިތްތަކެކެވެ. މިހުރިހާ ފަންކާތަކަކީވެސް ފާރުގައި ހަރުކުރާ ފަދަ ފަންކާއެވެ.

މާލޭ ސިޓި ކައުންސިލުން ވިދާޅުވާ ގޮތުގައި މިސްކިތްތަކުން ވައްކަން ކުރުމަކީ އަބަދުުވެސް ދިމާވަމުން އަންނަ މައްސަލައެކެވެ. އަދި މިމައްސަލަ މިހާރު ދަނީ ފުލުހުންނާއި ގުޅިގެން ތަޙްޤީޤު ކުރެވެމުންނެވެ.

ޓެގް

ކޯވިޑް 19 މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.