ރާއްޖޭގެ ޚަބަރު ކެފޭތައް ހުޅުވުނަސް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ: އެޗްޕީއޭ

ކެފޭތައް ހުޅުވުނަސް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ: އެޗްޕީއޭ

Cafe' thah Hulhuvunas Dhunfathuge Isthiumaalu Kurun Manaa HPA

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެފޭތަކާއި ރެސްޓްރޮންޓުތައް ހުޅުވޭއިރު ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރަން އެޗްޕީއޭއިން ނިންމަވައިފިއެވެ.

އެޗްޕީއޭއިން މިހެން ވިދާޅުވެފައިވަނީ އެފަރާތުން ރާއްޖޭގެ ޞިއްޙީ ކުއްލި ނުރައްކަލާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް ލުއިކުރައްވަމުން ގެންދަވާނެ ގޮތް ލަފާކުރައްވާ ތައްޔާރު ކުރައްވާފައިވާ ޑޮކިއުމެންޓެއްގައެވެ. މިލިޔުމުގައި ވިދާޅުވާ ގޮތުގައި ކޯވިޑް 19 އާއި ވިދިގެން އަޅުއްވާފއިވާ ފިޔަވަޅުތައް ލުއި ކުރެވޭނީ އެކި ފިޔަވަހިތަކަށް ބައްސަވާ ލައްވައިގެންނެވެ. މިގޮތުން މިފެށޭ ޖޫން މަހު ފެށޭ ފުރަތަމަ ފިޔަވަހީގެ ދަށުން ކެފޭ އަދި ރެސްޓްރޮންޓުތަކަށް ފުރަތަމަ ދެހަފްތާގެ ތެރޭގައި ހުއްދަ ދެއްވާނީ މިހާޜުވެސް ހިނގަމުންދާ ފަދައިން ޑެލިވަރީގެ ޚިދުމަތް ކުރެއްވުމަށެވެ. އެހެނަސް ޖޫން މަހުގެ 3 ވަނަ ހަފްތާއިން ފެށިގެން ރައްޔިތުން އެތަންތަނަށް ވަޑައިގެން ޓޭކްއަވޭގެ ގޮތުގައި ކާތަކެތި ބައްލަވައިގެން ގެއަށް ގެންދެވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް އެޗްޕީއޭއިން ނިންމަވާފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި ލޮކްޑައުން ލުއި ކުރެއްވުމުގެ ދެވަނަ ފިޔަވަހި ފެށޭއިރު ރައްޔިތުންނަށް ވަކި ޚާއްޞަ އުޞޫލުތަކަކާއި އެކު ކެފޭތަކަށް ވެންނެވުމުގެ ހުއްދަ ލިބިވަޑައިގަންނަވާނެއެވެ. މިގޮތުން ކެފޭތަކަށް ވަންނަ ފަރާތްތަކުގެ ޢަދަދު ލިމިޓު ކުރެއްވުމާއި، ކެފޭތަކުގައި އެވަގުތު ތިއްބެވި ފަރާތްތަކުގެ ޢަދަދު ބޭރުން ފެންނާނެހެން ބެހެއްޓުމަށް ސަމާލުވުމަށް އެޗްޕީއޭއިން އަންގަވާފައިވެއެވެ. އަދި ހަމަ އެފަދައިން ކެފޭ ރެސްޓްރޮންޓުތަކުގައި ސިނގިރެޓާއި، ޝީޝާ އަދި ވޭޕް ފަދަ ތަކެތި ބޭނުންކުރުން މަނާވާނޭ ކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

އެޗްޕީއޭއިން ލަފާ ކުރައްވާ ގޮތުގައި މިފަދަ ހިފެހެއްޓުންތަކާއި ނުލާ ކެފޭ ރެސްޓްރޮންޓުތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު ހުޅުއްވާ ލައްވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޓެގް

ކެފޭ ލޮކްޑައުން ކޯވިޑް 19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.