ރާއްޖޭގެ ޚަބަރު މާލޭ މިސްކިތްތައް ޖުލައި މަހު ހުޅުވޭނެކަމަށް ލަފާ ކުރެވޭ: އެޗްޕީއޭ

މާލޭ މިސްކިތްތައް ޖުލައި މަހު ހުޅުވޭނެކަމަށް ލަފާ ކުރެވޭ: އެޗްޕީއޭ

Male' ge Miskiyythah July Mahu Hulhuveyne Kamah Lafaa Kurevey: HPA

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ މިސްކިތްތައް ހުޅުވާނީ މިފެށޭ ޖުލައިމަހު ކަމަށް އެޗްޕީއޭއިން ލަފާ ކުރައްވައިފިއެވެ.

އެޗްޕީއޭއިން ތައްޔާރު ކުރައްވާފައިވާ ކޯވިޑް 19 އާއި ވިދިގެން ރާއްޖޭގައި އެޅިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ އުސޫލުތަކުގެ ޑޮކިއުމަންޓުގައިވާ ގޮތުން މާލޭއާއި މާލެ ފަދަ ކޯވިޑް 19 ފެތުރިފައިވާ ރަށްރަށުގެ މިސްކިތްތައް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. އަދި ދެވަނަ ފިޔައްސަށް ޢަމަލު ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުގައި މިފިޔަވަހީގެ ފުރަތަމަ ދެ ހަފްތާގައި މިސްކިތްތައް ހުޅުވުނު ކަމުގައިވިޔަސް، ޖަމާޢަތުގައި ނަމާދު ކުރުމުގެ އިންތިޒާމު ހަމަ ޖެހިގެންދާނީ 2 ވަނަ ފިޔަވަހީގެ 3 ވަނަ ހަފްތާގެ ތެރޭގައެވެ.

އަދި މީގެ އިތުރުން ނަމާދު ކުރާ މުޞައްލަ ގެންދިޔުމާއި، މިސްކިތުން ފައިބާ އިރު މަސްހުނި ނުވެ، ގައިދުރުކޮށް ތިބެ ފޭބުމަށާއި، މިފަދަ ކޯވިޑް 19 އާއި ވިދިގެން ޢަމަލު ކުރެވެމުންދާ އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް މަޢުލޫމާތު ދެއްވާ ގޮތުގައި މިސްކިތްތަކުގައި ވުޟޫ ކުރުމާއި ފާޚާނާ ކުރުމުގެ އިންތިޒާމު ދެވަނަ ފިޔަވަހީގެ ދަށުން ހުޅުވާލުމަށް ހަމަޖެހިފައެއް ނުވެއެވެ. އެބޭފުޅުން ލަފާ ކުރައްވާފައިވާ ގޮތުގައި މިތަންތަން ހުޅުވިގެންދާނީ ގާތްގަނޑަކަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

މާލެއާއި، ކޯވިޑް 19 ފެތުރިފައިނުވާ ރަށްރަށުގައި މިދިޔަ މެއި 22 ވަނަ އަށްވީ ހުކުރު ދުވަހު ވަނީ ޖަމާޢަތުގައި ނަމާދު ކުރަން ފަށާފައެވެ. ރާއްޖޭގައި މިހާޜު މިސްކިތުގައި ނަމާދު ނުކުރެވޭ ގޮތް ހަމަޖައްސާފައިވަނީ 7 ރަށެއްގައެވެ. އެއީ މާލޭގެ އިތުރުން ށ.ނަރުދޫ އާއި ނ.މަނަދޫ، އަދި ހއ.ތަކަންދޫ، އާއި ށ.މިލަންދޫ އާއި، ކ.ހިންމަފުށި އަދި ކ.ތުލުސްދޫ މިރަށްރަށުގައެވެ.

ޓެގް

ލޮކްޑައުން ކޯވިޑް 19 ދިއިސްލާމް މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.