އަރަބިދުނިޔެދުނިޔެ

މަސްޖިދުއް ނަބަވީ ހުޅުވާލަނީ

Aadheetha Dhuvahu Masjidhu Nabawi Hulhuvany

މިފެށޭ އާދީއްތަ ދުވަހު މަސްޖިދުއްނަބަވީ ހުޅުވުމަށް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒު ހަމަޖައްސަވައިފިއެވެ.

ސަޢޫދީ ސަރުކާރުން މަޢުލޫމާތު ދެއްވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މަދީނާގެ ރައްޔިތުންނަށް މަސްޖިދުއް ނަބަވީ ހުޅުވާ ލެވޭނީ މިސްކިތް ފުޅާ ކުރެވުމަށް އަލަށް ބޮޑު ކުރެވިފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތި ތެރޭގެ ސަރަޙައްދެވެ. މިސްކިތުގެ ޤަދިމީ ސަރަޙައްދާއި، ރައުޟާ ސަރަޙައްދު އަދި ނުހުޅުވޭނެއެވެ. މީގެ އިތުރުން މިސްކިތަށް ވަންނަ މީހުންގެ ސަލާމަތަށްޓަކައި ޤަވާއިދުން މިސްކިތްތެރެ ހުރިހާ ވަގުތެއްގައިވެސް ސާފުކޮށް ސްޓެރިލައިޒް ކުރުމާއި، މިސްކިތުގައި ޢަމަލުތައް ބަހައްޓަންވީ އާ ގައިޑްލައިނެއް ނެރުއްވުމަށްވަނީ ހަމަޖައްސަވާފައެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ގެ ސަބަބުން މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސްޖިދުލް ޙަރަމާއި މަސްޖިދުއް ނަބަވީ ވަނީ ބަންދު ކުރެވިފައެވެ. މަސްޖިދުލް ޙަރަމް މާދަމާ ހުޅުވުމަށް ހަމަޖެހިފައި ނެތް ކަމުގައިވިޔަސް، ސަޢޫދީ ސަރުކާރުން ގެންދަވަނީ ރައްކާތެރިކަމާއި އެކު ޙައްޖު އަދި ޢުމްރާ ވެރިންނަށް އެމާތް ބިމުގައި ރައްކާތެރިކަމާއިއެކު އަޅުކަންކުރުމުގެ މަގު ފަހިކޮށްދެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ޙަރަމުގެ ދޮރާށިތަކުގައި ސްޓެރިލައިޒޭޝަން ގޭޓުތަކެއް ހަރުކުރެވި، ވައި އިތުރަށް ސާފު ކުރުމަށްޓަކައި އެއާކޮންޑިޝަންތަކުގައި ކުރިއަށްވުރެ ބާރުގަދަ ފިލްޓަރުތައް ހަރުކުރެވިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *