ދުނިޔެ މައްކާގެ ލޮކްޑައުން ލުއިކުރަނީ

މައްކާގެ ލޮކްޑައުން ލުއިކުރަނީ

Makka ge Lockdown Lui Kurany

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށް ހިނގަމުންދާ ލޮކްޑައުން ލުއިކުރަން ނިންމައިފިއެވެ.

ސަޢުދޫ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވާ ގޮތުގައި މައްކާގެ ލޮކްޑައުން 2 ފިޔަވައްސަކަށް ބަހާލެވިގެން ލުއިކުރެވޭނެއެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ލުއިތައް ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިރު ދެވަނަ ފިޔަވަހި ފެށޭނީ 29 ޝައްވާލުގައެވެ.

ވުޒާރާއިން އިއުލާން ކުރައްވާފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގައި ހުއްދަ ދެވިފައިވާ ކަންކަމުގެ ތެރޭގައި ހެނދުނު 6 އަކުން މެންދުރުފަހު 3 އަކަށް މަގުމައްޗަށް ނިކުމެ އުޅުމުގެ ހުއްދައާއި، މައްކާއަށް ވަދެ ނިކުމެ އުޅުމުގެ ހުއްދަވެސް ހިމެނެއެވެ. މިގެ އިތުރުން ޞިއްޙީ ފިޔަވަޅުތަކާއިއެކު މަސްޖިދުލް ޙަރަމުގައި ޖަމާޢަތުގައު ހުކުރު ނަމާދު ކުރެވެން ކުރިއަށްދާނޭ ކަމަށްވެސް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

29 ޝައްވާލުގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ފިޔަވަހީގައި ނިކުމެ އުޅުމުގެ ހުއްދަ ހެނދުނު 6 އަކުން ރޭގަނޑު 8 އަކަށް އިތުރު ކުރެވޭނެއެވެ. އަދި ޞިއްޙީ ފިޔަވަޅުތަކާއި އެކު ހުކުރު ނަމާދުގެ އިތުރުން އެހެނިހެން ނަމާދުތައް ޖަމާޢަތުގައި ކުރުމުގެ ހުއްދަ މަސްޖިދުލް ޙަރަމާއި އަދި އެހެނިހެން މިސްކިތްތަކަށްވެސް ދެވޭނެއެވެ. މިހެންކަމަށްވިޔަސް ރީތިވާ އަދި ބޯކޮށާ ސެލޫންތަކާއި، ކުޅިވަރު ނާދީތަކާއި، ސިނަމާތައްފަދަ ގައިދުރުކުރުމަށް ހުރަސް އަޅާ ތަންތަން ހުޅުވުމުގެ ހުއްދަ ނެތްކަމަށް ސަޢޫދީގެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ސަޢުދީ ވުޒާރާއިން މިހެން އަންގަވާފައި މިވަނީ މީގެ ކުރިން މައްކާ ފިޔަވާ އެހެނިހެން ސަރަޙައްދު ތަކުގައި ޖޫން 21 ގައި ކާރފިޔު ނިމުމަކަށް އަންނާނެ ކަމަށް އަންގަވާފައިވަނިކޮށެވެ.

ޓެގް

ލޮކްޑައުން ދިއިސްލާމް ސަޢޫދީ ޢަރަބިއްޔާ މައްކާ އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.