މުޅި ރ އަތުޅަށް ހުޅުވާލެވިގެން މަދަޙަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިހިނގާ ރަމަޟާން މަހު ބޭއްވިމަށް ހަމަޖެހިފައިވާ މިމަދަޙަ މުބާރާތް އިންތިޒާމް ކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ ރ މީދޫއަށް ނިސްބަތްވާ ޖަމްޢިއްޔާއެއްކަމަށްވާ ޑޫޒިއަން އެވެ.
ޑޫޒިއަންއިން ހާމަކޮށްފައިވާ ގޮތުގައި މިމުބާރާތް ކުރިއަށްދާނީ ކުޑަކުދިންނަށް ޚާއްޞަކުރެވިގެން، 3 އުމުރުފުރާއަކަށް ބަހާލެވިގެންނެވެ. އެއީ 7 އަހަރުން ދަށުގެ ޢުމުރުފުރައާއި، 8 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރައާއި، 13 އަހަރާއި 16 އަހަރާއި ދެމެދުގެ ޢުމުރުފުރައެވެ. މިގޮތުން މިޢުމުރުފުރާގެ ބައިވެރީން 3 މިނެޓާއި 4 މިނެޓުގެ ދިގުމިނެޓުގެ ދިގުމިނަށް މަދަޙަ ކިޔާ، ވީޑިއޯ ރިކޯޑު ކުރުމަށްފަހު [email protected] އަށް ވީޑިއޯއާއި އައިޑީކާޑުގެ ފޮޓޯއެއް ފޮނުވުމުން އެޖަމްޢިއްޔާއިން އެވީޑިއޯއާއި ބަލައިގަންނާނެއެވެ.
މިމުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ބަހުން ކިޔާފައިވާ މަދަޙައެވެ. މަދަޙަ ރިކޯޑު ކުރެވިފައިވާ ވީޑިއޯގައި އެފެކްޓްސް ގެނެސްފައިވާނަމަ، އަދި ރިކޯޑު ކުރުމަށްފަހު އެޑިޓު ކުރެވިފައިވާނަމަ ވީޑީއޯ ބަލައިނުގަނެވޭނެކަމަށް މުބާރާތް އިންތިޒާމް ކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. މިހެންކަމުން ވީޑީއޯ ކުރައްވާއިރު އަޑު ސާފުވާނޭހެން ވީޑިއޯކުރެއްވުމަށް ޖަމްޢިއްޔާއިން އެދިލައްވާފައިވެއެވެ.
މިމުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް ހުށައެޅުމަށް ހަމަޖެހިފައިވަނީ 13 މެއި އާއި 17 މެއި އާއި ދެމެދުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...