ރާއްޖޭގެ ޚަބަރު

ބޭރުގެ ފަރާތްތަކަށް ދިވެހި ރަށްވެހިކަން ދިނުމަކީ އެހެން ދީންތައް ފެތުރުމަށް މަގުފަހި ވެދާނޭ ކަމެއް: އާދަމް ޝަރީފު

ބޭރުގެ ފަރާތްތަކަށް ދިވެހި ރަށްވެހިކަން ދިނުމަކީ އެހެން ދީންތައް ފެތުރުމަށް މަގުފަހިވެދާނޭ ކަމެއްކަމަށް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ ޤައުމީ މަޖްލީހުގައި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ މިނިސްޓަރ މުޙައްމަދު އަސްލަމް، މާލީ ތަނަވަސްކަން ހުރި ބައެއް ފަރާތްތަކުން ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް ޝައުޤުވެރިވާ ވާހަކަ ވިދާޅުވުމުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވާ ގޮތުގައި މިއީ ސަރުކާރުގެ ފަރާތުން ނުވަތަ މަޤާމުގެ ޙައިސިއްޔަތުން ދެއްކެވި ވާހަކައެއްނޫނެވެ. އެއީ އޭނާގެ އަމިއްލަ ވިސްނުންފުޅެކެވެ. އެހެނަސް މާލީ ތަނަވަސްކަން ހުރި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ރަށްވެހިންގެ ގޮތުގައި ރާއްޖޭގައި އުޅުމުގެ ފުރުސަތު ދިނުމަށް ވަރަށް ފުޅާދާއިރާއެއްގައި ވިސްނާ، ކަމާބެހޭ އިދާރާތަކުން މަޝްވަރާކޮށްލުމަކީ ވަރަށް ރަގަޅު ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

މިކަމާއި އިދިކޮޅު ހައްދަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖްލީހުގެ މެންބަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި "ބޭރު ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ ދިވެހިވަންތަކަން ގެއްލި، އެހެން ދީންތައް ފެތުރުމަށް މަގުފަހިވާނެ" ކަމެއްކަމެވެ. އަދި އޭނާ ދެކިލައްވާ ގޮތުގައި ރާއްޖޭގެ ރަށްވެހިކަން ބޭރު ފަރާތްތަކަށް ނުދެވޭނެކަމަށާއި، އެކަމާއި އިދިކޮޅަށް ތެދުވާންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިހެން ކަން އޮތް ނަމަވެސް އިންވެސްޓަރުންގެ ގޮތުގައި ބޭރު ފަރާތްތައް ގެނައުމާއި އިދިކޮޅު ނުހައްދަވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *