ރާއްޖޭގެ ޚަބަރު

ރޮހިންގްޔާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ލައިޓް އަޕޮން ލައިޓުން ފަށައިފި

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ ވަބާ ކޮވިޑް-19 ގެ ސަބަބުން، މެލޭޝިޔާގައި ދިރިއުޅެމުންދާ ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ ޙާލަތުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފުރަބަންދުގައި ތިބެން ޖެހުމުން، ކިރިޔާވެސް އާމްދަނީއެއް ލިބެން އޮތް ހުރިހާ މަގެއްވެސް ބަންދުވުމުން، އަތްމަތި ވަނީ އެކީ ހުސްވެފައެވެ. އެހެންކަމުން އެ އަޚުންނާއި އުޚްތުންނަށް އެހީވުމުގެ ގޮތުން ލައިޓް އަޕޮން ލައިޓްއާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ގުޅިގެން “ރޮހިންގްޔާ އެއިޑް 2020″ގެ ނަމުގައި މިވަނީ ފަންޑް ރެއިޒިންގް ހަރަކާތެއް ފަށައިފައެވެ. މި ހަރަކާތަކީ ކޮންމެ ރަމަޟާން މަހަކުވެސް ރޮހިންގްޔާ މުސްލިމުންނަށް އެހީތެރިވުމަށް ހިންގަމުން އަންނަ ހަރަކާތެކެވެ.

ފައިސާގެ ގޮތުން އެހީތެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން އެހީ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓް 7770000026265  އަށް ފައިސާ ޖަމާކުރެއްވުމުން ރޮހިންގްޔާ މުސްލިމުންނަށް އެއެހީ ފޯރުކޮށްދެވޭނެއެވެ.

މި އެހީތެރިވުމުގެ ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރިހަކީ 22 މެއި 2020 ވާ ހުކުރު ދުވަހެވެ.

ރޮހިންގްޔާ މުސްލިމުންނަކީ މިޔަންމާގެ ހައްދުފަހަނައަޅާފައިވާ ބުދިސްޓުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، އެމީހުންގެ އަމިއްލަ ގެދޮރުންނާއި ރަށުންނާއި ޤައުމުންވެސް ނެރެ ބޭރުކުރެވި އަމިއްލަ ގެދޮރެއް ވަޒަނެއް ނެތް ރެފިއުޖީންތަކެކެވެ. ޔޫއެން އެޗްސީއާރުގެ ހިސާބުތައް ދައްކާގޮތުން މެލޭޝިޔާގައި އެއްލައްކައަށްވުރެ ގިނަ ރޮހިންގްޔާގެ މުސްލިމުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެއެވެ. އޭގެ ތެރޭގައި 46000 އަށް ވުރި ގިނަ ކުޑަކުދިން ހިމެނެއެވެ.

ލައިޓް އަޕޮން ލައިޓްއަކީ މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންތަކެއް އިސްނަގައިގެން ހިންގަމުން އަންނަ ދީނީ އަދި އިޖްތިމާޢީ ހަރަކާތެކެވެ. މިގޮތުން ރޮހިންގްޔާ މުސްލިމު ދަރިކޮޅުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ އެއިޑް ކެމްޕެއިނަކީ 2015 ވަނަ އަހަރުން ފެށިގެން މެދިކެނޑުމެއްނެތި ކޮންމެ ރަމަޟާން މަހަކުވެސް ހިންގަމުން އަންނަ ހަރަކާތެކެވެ.

 

ފައިސާ ޖަމާކުރެއްވުމަށް:

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް ނަމްބަރު: 7770000026265

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *