ޓެލެކިލާސްތައް މެދުވެރިކޮށް ކީރިތި ޤުރްއާން ކިޔަވާ ނުދެވޭތީ އާދަމް ރައްޔިތުންގެ މަޖްލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުުރައްވައިފިއެވެ. އާދަމް ށަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވާ ގޮތުގައި ކާރިޘާގެ ވަޤުތުތަކުގައި ކިޔަވައިދޭނެ މާއްދާތައް ކަނޑައެޅިއިރު ޤުރްއާން ނުހިމެނުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފުވަނީ މީގެ ކުރިންވެސް މަޖްލިހުގެ އިޖްތިމާޢީ ކޮމިޓީއިން ހުށައަޅާފައިވާ ބިލަކަށް ވާހަކަފުޅު ދައްކަވަމުން މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން މާއްދާއެއް ގޮތަށް ކިޔަވައިނުދެވުމަކީ ގިނަ ރައްޔިތުންތަކެއް އެކަމާއި ކަންބޮޑުވާ ކަމެކެވެ. އަދި އޭނާވަނީ ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ކީރިތި ޤުރްއާން ހިމެނުމަށް ހުށައަޅުއްވާ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤުރްއާން ކިޔަވައިދިނުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށް ވިދާޅުވެފައެވެ.
ދިވެހި ރާއްޖޭގައި ވާރޗުއަލްކޮށް ކީރިތި ޤުރްއާން ކިލާސްތަކެއް ނަގައިދިނުމަކީ ކުރެވިދާނެކަމެއްކަން ޖަމްޢިއްޔަތުއްސަލަފް އިން ވަނީ ޘާބިތުކޮށްދެއްވާފައެވެ. މިގޮތުން މިދިޔަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުން ފެށިގެން "ތިލާވަތުލް ޤުރްއާނު"ގެ ނަމުގައި ޔޫޓިއުބް ކިލާސްތަކެއް ފައްޓަވާފައެވެ. މިކިލާސްތަކުގައި ކިޔަދައިދެއްވަނީ އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީއެވެ. މިވީޑިއީތަކަކީ ޖަމްޢިއްޔަތުއް ސަލަފްގެ ޗެނަލުގައި އެއްމެ މަޤްބޫލު ވީޑިއޯތަކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...