ރާއްޖޭގެ ޚަބަރު މި ރަމަޟާންމަހު އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން: ޝެއިޚް ޝަފީޢު

މި ރަމަޟާންމަހު އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން: ޝެއިޚް ޝަފީޢު

މި ރަމަޟާންމަހު އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން: ޝެއިޚް ޝަފީޢު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ރަމަޟާންމަހުގައި ހުރިހާ މުސްލިމުންނަށް ވެސް އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން ކަމަށް ޝެއިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕް ފޭސްބުކް ޕޭޖްގައި މައްކާގެ މިހާރުގެ ޙާލަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝައިޚް ޝަފީޢު ޢަބުދުﷲ ވިދާޅުވީ މި ރަމަޟާންމަހުގައި ހުރިހާ މުސްލިމުންނަށް ވެސް އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން ކަމަށާއި އެގޮތުން ދެޙަރަމް ވެސް ބަންދުކޮށްފައިވުމާއެކު އެތަނުގައި ނަމާދުކޮށް އެހެން އަޅުކަންތަކުގައި މަޑުކޮށްލަން ތިބުމުގެ ފުރުސަތު ލިބެނީ އެތަންތަނުގެ މުވައްޒަފުންގެ އިތުރުން މަދުބަޔަކަށެވެ.

"ގޭގައި ތިބެގެން ވެސް މި މައްސަރުގެ ބަރަކާތް ޙާޞިލް ކުރުމަށް މަސައްކަތް ކުރަންވާނެ. އާއިލާއެކީގައި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުންފަދަ އަޅުކަމުގައި ވަގުތު ހޭދަ ކުރަންވާނެ. މިވަގުތުގައި ހިތްދަތި ޙާލުގައި ތިބެން ޖެހުނަސް އަޅަމެންގެ ވެރި އިލާހު، ﷲ ތަޢާލާއާއި މެދު ހެޔޮކޮށް ވިސްނަން ޖެހޭ. އެއީ އެއިލާހުގެ ޙަޟްރަތުން ހެޔޮކަން ތަނަވަސް ވެގެންދާނެ." ކަމަށް ޝައިޚް ވިދާޅުވިއެވެ.

ރަމަޟާންމަހަކީ މުސްލިމުންނަށް ޚާއްޞަ މައްސަރަކަށްވުމާއެކު މުޅި އިސްލާމީ އުއްމަތް އޮތީ ހިތާމަވެރި ޙާލަތެއްގައިކަމަށާއި ވަކިން ޚާއްޞަކޮށް ޢުމްރާގެ އަޅުކަމަށް އެތައްލައްކަ މީހުންނެއް ޒިޔާރަތް ކުރާ މައްކާއަށް ވެރިވެފައި އޮތް ހަމަހިމޭން ކަމާއެކު މިވަގުތަކީ މުސްލިމުންނަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ވަގުތެއް ކަމަށް ޝެއިޚް ޝަފީއު ވިދާޅުވިއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ އިން އާންމުކޮށްފައިވާ މިވީޑިއޯގައި ޝެއިޚް ޝަފީއުވަނީ އެބޭފުޅާ މައްކާގައި ހޭދަކުރި 13 އަހަރުގެ ރަމަޟާން މަހުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

ޓެގް

ޤިބްލަ ޙައްޖު އެންޑް ޢުމްރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.