މެސެޖް އޮފް އިސްލާމް ބުކްޝޮޕުން ޑެލިވަރީގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
ކޯވިޑް 19 ގެ ސަބަބުން ވިޔަފާރި މެދުކެނޑުމަށްފަހު، މެސެޖް އޮފް އިސްލާމްގެ ފަރާތުން ޑެލިވަރީގެ ޚިދުމަތް ތަޢާރަފުކޮށްފައިވާކަން އިއުލާންކޮށްފައިވަނީ އެބުކްޝޮޕްގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ.
މިޕޯސްޓުގައިވާ ގޮތުގައި ޑެލިވަރީގެ ޚިދުމަތް އޮންނާނީ މާލޭއިން ނަމަ 100 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށެވެ. އަދި ހުޅުމާލެއިން ނަމަ 250 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށެވެ. މެސެޖް އޮފް އިސްލާމަށް އޯޑަރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 3344797 މިނަންބަރަށް ގުޅާލައްވައިގެން އޯޑަރު ކުރެއްވޭނެއެވެ. ނޫންނަމަ ބުކްޝޮޕްގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެންވެސް އޯޑަރު ކޮރެއްވިދާނެއެވެ. އޯޑަރު ލިބިވަޑައިގަންނާނީ 3 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.
ޑެލިވަރީގެ ޚިދުމަތުގެ އިތުރުން މެސެޖް އޮފް އިސްލާމްގެ ފިހާރައަށް ޒިޔާރަތް ކުރައްވައިގެންވެސް ވިޔަފާރި ކުރެއްވިދާނެކަމަށާއި ޢާންމު ސަލާމަތަށްޓަކައި މިގޮތަށް ކުރެވޭ ވިޔަފާރިތަކުގައި ބުކްޝޮޕަށް ވަދެވޭނީ ފަހަރަކު ކަސްޓަމަރަކަށްކަމަށް އެފިހާރައިން ހާމަކުރެއެވެ.
މެސެޖް އޮފް އިސްލާމް ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އަކުން 12:00 އަށް، އަދި ހަވީރު 4:00 އަކުން 5:00 އަށް އަދި ރޭގަނޑު 8:30 އިން 10:00 އަށެވެ.
މެސެޖް އޮފް އިސްލާމަކީ މަލޭގައި ދީނީ ފޮތްތަކާއި، މާމުއި އަދި ކަޅުދިރީގެ ބާވަތްތަކާއި، ޢަޠަރުފަދަ ތަކެތީގެ ވިޔަފާރި ކުރެވޭ އެންމެ މަޝްހޫރު އެއް ބުކްޝޮޕެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...