ރާއްޖޭގެ މަޝްހޫރު ދީނީ ޢީލްމުވެރިޔާ ޑރ މުޙައްމަދު އިޔާޟް އަބްދުއްލަތީފް، އިޝާން ލަވަކިޔުމާއި ދުރަށްދިޔުމުން އެކަމަށް ހިތްވަރު ދެއްވައިފިއެވެ.
ޑރ އިޔާޟް މިއަދު ކުރެއްވި ޓްވީޓުގައިވަނީ އިޝާން ލަވައާއި މިޔުޒިކުފަދަ ﷲ ޙަރާމްކުރެއްވިފަދަ ކަންކަމުން ދުރުވެ، އެކަލާނގެ ދެއްކެވި މަގަށް ރުޖޫޢަވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ ހެޔޮ ދުޢާ ކޮށްދެއްވާފައެވެ.
"މާތް ﷲ އަލްއަޚް އިޝާންއަށް ސާބިތުކަން ދެއްވާ، އަބަދުގެ އަބަދަށް ﷲ ގެ މަގުގައި ލަހައްޓަވާށި، ﷲ އަށް އަޅުކަން ކުރުމުގައި ހިތްވަރާއި ސާބިތުކަން ދެއްވާށި. އާމީން." ޓްވީޓު ނިންމަވާލައްވަމުން ޑރ އިޔާޒް ވިދާޅުވެފައިވެއެވެ.
ކުރީގެ ލަވަކިޔުންތެރިޔާ މުޙައްމަދު އިޝާން މިއަދުގެ ވަޤުތެއްގައި ލަވަކިޔުން ހުއްޓާލިކަން އިޢުލާންކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިޔުޒިކް ކުޅެ އަޑުއެހުން އެއީ ﷲ އާއި ތިބާއާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާކަމެއް ކަމަށެވެ. އަދި ﷲ އަށް ތިރިވެ ކޮށްލާ އެއްމެ ސަޖިދައަކުން ހިތަށް ލިބޭ އަރާމު އެތައް ދުވަހެއް ވަންދެން ކުޅުނު މިޔުޒިކުން ހިތަށްވީ އިޙުސާސްތަކާއި ނުބައްދަލުކަމަށެވެ. އަދި ލަވަކިޔައިގެން އެއްމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީ މިހާރު އެއްމެ މަހެއްގެ މައްޗަށް ލިބުނަސް ފުދުންތެރިކަމަކީ އިންސާނާގެ ހިތާއި ގުޅިފައިވާކަމެއްކަމަށް މިއަދު އިޙްސާސްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...