ކާބޯތަކެއްޗަށް ނުވަތަ އެނޫންވެސް އެހެން އެހީއަކަށް ބޭނުން ޖެހިފައިވާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެނގިލައްވާ ފަރާތްތަކުން އެމައުލޫމާތު އެހީ ޖަމިއްޔާއާއި ހިއްސާކޮށްދިނުމަށް އެޖަމިއްޔާއިން އެދެފިއެވެ.
މިކަމާއި ގުޅޭގޮތުން އެހީ ޖަމިއްޔާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތަނަވަސްކަމުގެ އަހުލުވެރިން ދެއްވާ ދީލަތި އެހީ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށް އެޖަމިއްޔާއިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހާލުގައި ޖެހިފައިވާ ފަރާތްތައް ދެނެގަތުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެގޮތުން ކާބޯތަކެއްޗާއި އެނޫންވެސް އެހެން ބޭނުންތައް ޖެހިފައިވާ ދިވެހިންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމަތު އެޖަމިއްޔާއާއި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
އެހީ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެޖަމިއްޔާގެ ހޮޓްލައިން 7803433 އަދި 9133433 ނަންބަރު ފޯނުމެދުވެރިކޮށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 18:00 އާއި ދޭތެރޭ ހިއްސާކުރެވޭނެ އެވެ. މީގެ އިތުރުން ވައިބާ އާއި އެހީ ޖަމިއްޔާގެ ޓުވިޓަރ އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް 24 ގަޑިއިރު އެފަދަ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

















advertisment
ޚިޔާލު