ރާއްޖޭގެ ޚަބަރު

ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ޝައިޚް ސަމީރު ދަރުސްދެއްވަނީ

މިއަހަރުގެ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު އައްޝައިޚް އަހުމަދު ސަމީރު ދަރުސް ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރުގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު5:30 އިން5:45 އަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އޮންލައިންކޮށް ދެއްވާ މިދަރުސްތައް ލައިވް ކުރުމަށް ހަމަޖެހިފައިވަނީ ޝައިޚް ސަމީރުގެ ފޭސްބުކް ޕޭޖުން ކަމަށެވެ.

ޝައިޚް ސަމީރު ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އަސްބާބުންނުޒޫލް" ނުވަތަ ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތަކުގެ މައްޗަށެވެ.

މީގެ އިތުރުން ޖަމިއްޔަތުއްސަލަފްއިން މިރަމަޟާންމަހުގެ ކުރިއަށް ގެންދާ “ﷲ ގެ މަތިވެރިކަން” ޕްރޮގްރާމްގައިވެސް ޝައިޚް ސަމީރު ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *