ޖަމިއްޔަތުއް ސަލަފްއިން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްގެންދާ “ސަލަފް ދީނީ ސުވާލު މުބާރާތް” ފަށައިފިއެވެ.
ރަމަޟާންމަހުގެ އެއްވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި ސުވާލުތައް އެޖަމިއްޔާގެ ފޭސްބުކް ޕޭޖާއި ޓުވިޓަރ އެކައުންޓް މެދުވެރިކޮށް ގެނެސްދޭނެއެވެ. ސަލަފުން ބުނީ ކޮންމެ ދުވަހަކު ސުވާލެއް ގެނެސްދިނުމުގެ ބަދަލުގައި ސުވާލުތައް ގެނެސްދޭނީ ކޮންމެ 10 ދުވަހަކުން ކަމަށެވެ.
އެގޮތުން ފުރަތަމަ 10 ދުވަހުގެ ސުވާލަށް ޖަވާބު ދިނުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި ރަމަޟާންމަހުގެ 10 ވަނަ ދުވަހުގެ ކުރިން މި 10 ސުވާލަށް ޖަވާބު ދެވޭނެ ކަމަށެވެ.
މިސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ 3 ފަރާތަކަށް ފައިސާގެ އިނާމް ލިބޭނެކަމަށް ސަލަފުން ބުނެއެވެ.
ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު އިތުރުކޮށް ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މިމުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް -/1500 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅާފައެވެ. ދެވަނައަށް -/1000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް -/500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

















advertisment
ޚިޔާލު