ކޮލަމިސްޓް ރަމަޟާން މުބާރަކް

ރަމަޟާން މުބާރަކް

Ramadan Mubarik

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަހަރުގެ އެންމެ ބަރަކާތްތެރި ދުވަސްތަށް އަޅުގަނޑުމެންނާއި ބައްދަލު ކުރުމުގެ ވަގުތު މިވަނީ ކުޑަތަން ވެފައެވެ. ﷲގެ ރަޙްމަތުން އަނެއްކާވެސް ރަމަޟާން މަހަކާއި ބައްދަލުވަނީ އެވެ. އެމަހުގެ ހެޔޮކަން ލިބިގަތުގެމުގެ ފުރުޞަތު ދިރި ތިބީންނަށް ލިބެނީއެވެ. ރޯދަހިފުގެ ހެޔޮކަމާއި ޤީޔާމުއްލައިލްގެ ޘަވާބާއި ދަރުމަ ލިބިގަތުމުގެ ދޮރު ހުޅުވެނީއެވެ. ޞަދަޤާތް ދިނުމާއި މީސްތަކުންގެ ޙާޖަތް ތަށްފުއްދައި ދިނުމުގެ އަޖުރު ދެގުނައަށް އިތުރު ކުރުމުގެ މަގުފަހިވަނީއެވެ.

ކޮންމެއަކަސް މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެން މުސްލިމުންނާއި ބައްދަލު މިކުރަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އިންސާނީ ބޮޑު މުޞީބާތެއްގެ ތެރެއިންނެވެ. ނުރައްކަތެރި ބަލިމަޑުކަމެއް ދުނިޔޭގެ ކަންކޮޅު ތަކުގައި ފެތުރެމުންދާ ދުވަސްވަރެއްގައެވެ. ބިންމަތީގައިވާ ﷲގެ ގެކޮޅުތަށް ބަންދު ކުރެވި އެގެކޮޅުތަކުގައި ޖަމާޢަތް ހެދުން މެދު ކަނޑާލެވިފައިވާ ހިތްދަތި ދުވަސްވަރެއްގައެވެ. ދެޙަރަމް ބަންދު ކުރެވި އެތަންތަނުގައި ޖަމާޢަތް ހެދުން ހުއްޓިއްޖެއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

ނަމަވެސް އުއްމީދު ކަނޑާލާކަށް ނުވެއެވެ. ﷲގެ ރަޙްމަތް ފުޅާވެގެންވެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މިޙާލަތާއި ގުޅިގެން މިސްކިތްތަށް ބަންދު ކުރެވި އަޅުގަނޑުމެން ދިރިއުޅޭ ގެތަށް ނަމާދުގެ ޖަމާޢަތް ހެދޭ ތަންތަނަށް ވެއްޖެއެވެ. ގޭގެ ފިރިހެންވެރިން އަނބިދަރިންނާއި އެކު ޖަމާޢަތް ހަދައި ނަމާދު ޤާއިމް ކުރެވޭ ތަނަކަށް ގެތަށްވެ ބަރަކާތްތެރި ތަނަކަށް ގެތައް ހަދައިފިއެވެ.

އުއްމީދު ކަނޑާލައި މާޔޫސް ވާކަށް ނުވޭނޫންތޯއެވެ؟ މިސްކިތުގައި ޤިޔާމުއްލައިލް އަށް އަތުރާލެވޭ ސަފުތަށް ގެތަކަށް ބަދަލުކޮށް އަހުލުންނާއި އެކު ދަރުމައާއި ޘަވާބު ހޯދުމުގެ ފުރުޞަތު ލިބިގެން ދިޔައީއެވެ. މިސްކިތުގައި އިފްޠާރަށް އަޅައިލެވޭ ސުފުރާތަށް އަޅައި ނުލެވުނަސް ގޭގައި އަނބިދަރިންނާއި އެކު އިފްޠާރުގެ ވަގުތު ހޭދަކުރުމުގެ ރަނުގެ ފުރުޞަތު ﷲގެ ރަޙްމަތުން ލިބުނީއެވެ.

މިރަމަޟާން މަހު މިސްކިތުގައި ވަގުތު ހޭދަކުރަން ނުލިބުނަސް ހެޔޮކަންތަކުން ދުރުވާކަށް ނުޖެހެއެވެ. ހެޔޮޢަމަލުތަށް ގިނަކޮށް ތިމާގެ ގޭގައި އަޅުކަންތަށް އަދާކުރުމުގެ ސަބަބުން ގެތަކަށް ބަރަކާތް ތެރިކަން ގެންނަބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ؟ ﷲގެ ރަޙްމަތުން ފުއްސެވުމާއި ދިންނެވުމާއި ބަރަކާތުގެ މައްސަރުގެ ހެޔޮކަން ނަގައި ނުލައި ހެޔޮކަން ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރަމަތޯއެވެ؟ ﷲގެ ރަޙްމަތުން އަޅުގަނޑުމެން ކުރާ އެއްވެސް ހެޔޮކަމެއް ގެއްލެނި ނުކުރަށްވާނެތެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.