ރާއްޖޭގެ ޚަބަރު ރަމަޟާން މަހުގެ ފުރަތަމަ 6 ދުވަހު ރާއްޖޭގައި ތަރާވީހް ނަމާދުގެ ޖަމާއަތު ނުބާއްވަން ނިންމައިފި

ރަމަޟާން މަހުގެ ފުރަތަމަ 6 ދުވަހު ރާއްޖޭގައި ތަރާވީހް ނަމާދުގެ ޖަމާއަތު ނުބާއްވަން ނިންމައިފި

ރަމަޟާން މަހުގެ ފުރަތަމަ 6 ދުވަހު ރާއްޖޭގައި ތަރާވީހް ނަމާދުގެ ޖަމާއަތު ނުބާއްވަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަމަޟާން މަހުގެ ފުރަތަމަ 6 ދުވަހު ރާއްޖޭގައި ތަރާވީހް ނަމާދުގެ ޖަމާއަތު ނުބާއްވަން ނިންމާ އިސްލާމިކް މިނިސްޓްރީއިން އެކަން އިއުލާން ކޮށްފިއެވެ،

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާ"ކަމަށެވެ. އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ތާރީހު ދިމާވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 6 ދުވަހު ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ތަރާވީހް ނަމާދުގެ ޖަމާއަތް ނުބާއްވާނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ “އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟް ނަމާދުތަކާއި، ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުރުމަށް އަންގާ” ކަމަށެވެ.

މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟް ނަމާދުތަކާއި، ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާއިރު ދީފައިވާ ތާރީހުގެ ފަހުން ނިންމާ ގޮތެއް އިސްލާމިކް މިނިސްޓްރީއިން އިއުލާން ކުރާނެއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.