ވާހަކަ

ވަޢުދު (ސަތާރަވަނަބައި)

ރަޝިޔާގެ ގަޑިން 8:30 ވާން ގާތްވެފައި ވަނިކޮށް އާދައިގެ މަތިން މައުވާގެ ކާރުގެ މިޞްރާބު ހުރީ އޭނަ ޢާއްމު ގޮތެއްގައި ދާ ކްލަބާއި ދިމާލަށެވެ. ކާރުގެ ތެރެއިން އިވެމުން ދިޔަ ބާރު މިއުޒިކާއި އެއްވަރަށް އޭނަ ބޯޖަހަމުން ދިޔައިރު ހުންގާނު ބުރުގައި ހިފައިގެން ހުރި ބައެއް އިނގިލިތައްވެސް ތަޅުވަމުން ގެންދިޔައެވެ. އޭނަގެ ނަޒަރުން އޭނައަށް ދެން ޙަޔާތުގައި ބޭނުންވާހާ ކަމެއް ލިބިފައިވާ ފަދައައެވެ. އޭނަ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް އެދޭކަށް ނުޖެހެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުޖެހޭނެއެވެ. އެވަގުތުކޮޅުގެ މަސްތުގައި އޭނަ މުސްތަޤްބަލާއިމެދު މާ ބޮޑަށް ވިސްނަން ވެސް ބޭނުންނުވެފައިވި ފަދައެވެ. އޭނަގެ ނަޒަރުން މުސްތަޤްބަލުގައި ވެސް އޭނަގެ ޙަޔާތުގައި މައްސަލައެއް ޖެހެންވީ އެއްވެސް މަގެއް ނެތެވެ. ލިބިފައިވި ތަނަވަސްކަމުގެ ސަބަބުން އޭނަގެ ތަޤްދީރުގެ މައްޗަށް ބާރު އޮތީ އޭނަގެ އަތްމަތީގައިހެން އޭނައަށް ހީވެފައިވެއެވެ. އެހެނަސް އެއީ ކިހާ ބޮޑު ކުށްހީއެއްކަން އޭނައަށް އެނގެން ނުހަނު ގާތްވެފައިވިއެވެ.

މައުވާ އޭނަގެ މަންޒިލާއި މަދު މިނެޓްތަކެއްހާ ދުރުގައި ވަނިކޮށް ކާރުގެ އޯޑިޔޯ ޕްލޭޔަރުން އޭނަގެ ފޯނު ރިންގުވާ އަޑު މުޅި ކާރު ތެރެއިން އިވެން ފެށިއެވެ. އޭނަ ސްކްރީނަށް ބަލާލިއިރު އޭނައަށް ގުޅަމުން ދިޔައީ ޖާމިޒެވެ. އެއީ އޭނަ ދެކެ ފަރިތަ އަޔާޒްގެ އެކުވެރިއެކެވެ. ޖާމިޒް ކިޔެވީ އަޔާޒާއި އެކީގައި ކަމަށްވާތީވެއެވެ. ކޮންމެ ގޮތެއްވިޔަސް ޖާމިޒް އެރޭގެ އެ ވަގުތު އޭނައަށް ގުޅަންވީ ސަބަބެއް ނުވިސްނުމުން މައުވާ އެ ކޯލު ނެގީ ޙައިރާންކަމެއްގައި އިނދެއެވެ.

“ހެލޯ؟” ކާރު ދުއްވަމުން މައުވާ ގޮވާލިއެވެ.

“ހާއި….މައުވާދޯ؟ އަދިވެސް ރަޝިޔާގަތަ ތިހިރީ؟ ކޮންމެވެސް ޚަބަރެއް އިވިގެން ހަމަ ނުހުރެވިގެން މި ގުޅާލީ.” ޖާމިޒް ވާހަކަ ދެއްކި އަޑު ކާރު ތެރެއިން އިވުނެވެ.

“އާނ މިހިރީ ރަޝިޔާގަ. ކޮން ޚަބަރެއް؟” މައުވާއަށް އަހާލެވުނެވެ.

“އަޔާޒް މީހަކާ އިނދެފި.” ޖާމިޒްގެ އެ ބަސްތައް މައުވާއަށް އިވިގެން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. ހިނދުކޮޅަކަށް އޭނަގެ ދެލޯ ބޮޑުވެ ނޭވާވެސް ހުއްޓުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ވާހަކަ ދެކެވުނެވެ.

“ވަޓް؟!! ކް….ކާކާ މެރީ ކުރީ؟” މައުވާއަށް އިންތިހާ ދަރަޖައިގެ ކަންބޮޑުވުމަކާއެކީ އެހެން އަހާލެވުނީ އަޔާޒް އިންނަން ހަމަޖެހިފައިވާ ކުއްޖާއާއި ބެހޭގޮތުން އަޔާޒް އޭނައަށް ފޮނުވި މެސެޖްގެ މަތިން ވެސް ހަނދާން ކުރަމުންނެވެ. އޭނައަށް އެ ހީވާ ގޮތަކަށް ކަންތައް ނުވުމަށް އެދިއެދި އިންދާ އަނެއްކާވެސް ޖާމިޒްގެ އަޑު އިވުނެވެ.

“ކޮންމެވެސް….މަލާކްއަކާ…” ޖާމިޒް އެހެން ބުނެލި ވަގުތަކީ ބާރު ސްޕީޑެއްގައި އައި އެހެން ކާރެއް މައުވާގެ ކާރުގެ ކުރިމައްޗަށް އެރި ވަގުތެވެ. މައުވާއަށް އެއަށް ސަމާލުކަން ދެވުނު ވަގުތު އޭތި އޭނަގެ ކާރާއި ވަރަށް ގާތްވެފައިވިއެވެ. އެހެންކަމުން މައުވާ ނުހަނު އަވަހަށް ކާރު އަނބުރާލިއެއްކަމަކު އެ ކާރު ގޮސް އޭނަގެ ކާރުގެ އެއްފަރާތެއްގައި ޖެހުނެވެ. ތަޅައިގެން ދިޔަ ކުޑަދޮރުގެ އަޑުތަކާއެކީ މައުވާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ކާރު އެނބުރެމުން ގޮސް ހޮޅި ދަނޑިއެއްގައި ޖެހުނީ މައުވާ އިން ފަރާތާއި ދިމާލަށް ކަމަށްވުމުން އެ ދަނޑީގައި ޖެހި ކާރު ހުއްޓުމަކަށް އައި ވަގުތު ކާރުގެ ސީޓުގައި އިން މައުވާގެ ޚަބަރު ހުސްވެފައިވިއެވެ.

މައުވާއަށް ދެން ހޭލެވުނުއިރު އޭނައަށް އޮވެވުނީ ހޮސްޕިޓަލެއްގެ އެނދުމަތީގައެވެ. އޭނައަށް ވަށައި ހޯދަމުން ލަސްލަހުން ތެދުވެލެވުނެވެ. ތެދުވެލީ ވަގުތު އޭނަގެ ގައިގެ އެތަން މިތަނުން ރިއްސާލިއެއްކަމަކު މައުވާ އެތަނަށް ރަނގަޅު ނަޒަރެއް ދިނެވެ. އޭރު އޭނައަށް އޮވެވުނީ ޕްރައިވޭޓް ރޫމެއްގައިކަން ނަގައިގަނެވުމުން އޭނަ މިތަނަށް އަންނަން ޖެހުނު ސަބަބު ވެސް މާ ގިނައިރެއްނުވެ އޭނަގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދިނެވެ. އަޔާޒް މީހަކާއި އިން ވާހަކައާއެކު އޭނަ އިނީ ކާކާކަން ޖާމިޒްގެ އަޑުން ކަންފަތުގައި ގުގުމައިގެން ދިޔަ ހިނދު މައުވާ ދެލޯ މަރައި ތަގުޅި ކޮށްލީ ހަމަ އެވަގުތުކޮޅަށް އަނބުރާ ދެވުނު ފަދައަކުންނެވެ. އޭނަ އެ އިން ގޮތަށް އިންދާ އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. މައުވާ ލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއިރު ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ‘މަމް’ މިހެންނެވެ. މައުވާ އަވަސްއަވަހަށް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“މަމް…..މަންމާ ދެއާރ އިޒް ސަމްތިންގް ޔޫ ހޭވް ޓު ނޯ….” މައުވާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އެކޮޅުން ވާހަކަ ދެއްކިއެވެ.

“މަންމައަށް އެނގޭ ތިބުނަން އުޅޭ ވާހަކަ….އޭނަ ރިލޭޝަންޝިޕް ސްޓޭޓަސް އަޕްޑޭޓް ނުކުރާ ސޯޝަލް މީޑިޔާ ސައިޓެއް ނެތްވިއްޔާ. މައުއާ ބްރޭކް އަޕް ކޮށްފަތަ އޭނަ އެކަމެއް އެކުރީ؟” އެކޮޅުން އަހާލި އަޑު އިވުނެވެ.

“ން…ނޫން މަންމާ. އޭނަ ބުނަން ވެސް ބުނި ތިމަންނަ މެރީ ނުކުރާނަމޭ! އެހެންވެ އަހަރެން އެކޮޅަށް ނުދިޔައީ ވެސް. ވޭސްޓަކަށް ވެދާނެތީ.” މައުވާ އޭނައަށް ނުކުރެވުނު ކަމާމެދު ހިތާމަކުރާ ފަދައަކުން ބުނެލިއެވެ.

“ވީކަމެއް ވެ ނިމިއްޖެ މައު. ދެން ދިމާވެފައިވި މައްސަލައަކާމެދު ހާސްވުމުގެ ބޭނުމެއްނެތް. މިކަން ޙައްލުކުރަންވީ ގޮތަކާއިމެދު ވިސްނަންވީ. އަޔާޒް އަހަރުމެންގެ އަތުން ދޫވެއްޖެއްޔާ ވަރަށް ބައިވަރު ފަންޑްސް އެ ގެއްލެނީ. އަދި އަމުދުން އެ އަންހެނަކާއި އިނދެގެން އޭނައާއި ވަކި ނުވިއްޔާ އަހަރުމެންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނީ. ވީ ކާންޓް އެފޯޑް ދެޓް! އެހެންވީމަ ދެން ހަދަންވީ ގޮތަކީ މިއީ. މައު މުޅިން ރަނގަޅު ވަންދެން ތިތާނގަ އޮވެލާ. ހުރިހާ ބިލްއެއް ޕޭއިކޮށްފަ މަންމަ ފުރަން އައިސް އެއާރޕޯޓުގަ މިހިރީ. މާލޭގަ އޮތް ޖަލްސާއެއް އެޓެންޑް ކުރަން ޖެހުނީމަ މައު ކައިރީގަ ނުހުރެވުނީ. އެކަމަކު ހާސްނުވައްޗޭ. ޑޮކްޓަރުން ބުނީ 3 ދުވަހުގެ ތެރޭގައި މައު ޑިސްޗާރޖް ވާނެއޭ. ޑިސްޗާރޖްވީމަ މައު ވެސް އާދޭ މާލެއަށް. މާލެއަށް އައިސް އަޔާޒްއާ ކުރިމަތިލައި ޙަޤީޤަތް ހޯދާ. ވަރަށް ހިއެއްނުވޭ އަޔާޒް ހިތުން ރުހުމުންހެން އެ ނުހިނގޭ ކުއްޖާއާއި އިނދެގެން އުޅެނީ….” އެކޮޅުން ކިޔައިދިނެވެ.

“އޯކޭ މަންމާ.” މައުވާ އެހެން ބުނެލީ މަންމަގެ ‘ނަޞޭޙަތް’ އިވިފައި ހިސާބަކަށް ހަމަޖެހިފައި އިނދެއެވެ.

އެހެންކަމުން މައުވާ ހެދީ ހަމަ އޭނަގެ މަންމަ ކިޔައިދިން ގޮތަށެވެ. ހޮސްޕިޓަލްގައި ހޭދަކުރި 3 ދުވަހުގެ ތެރޭގައި އޭނަ ކިތަންމެ ވަރަކަށް ވެސް އަޔާޒްގެ އެކިއެކި ޕްރޮފައިލްތަކަށް ޒިޔާރަތް ކުރިއެވެ. އަޔާޒް ފަޚުރުވެރިކަމާއެކީ އޭނަ މީހަކާ އިން ވާހަކަ މުޅި ދުނިޔެއަށް އިޢުލާން ކޮށްފައި އެވަނީ އޭނައަށް އެކުއްޖާ ކަމުދާތީތޯ އެތައް ފަހަރެއްގެ މަތިން ހިތަށްއެރިއެވެ. އޭގެއިން ކޮންމެ ފަހަރަކު ރުޅިން އޭނަގެ މޫނު ރަތްވެ ގޮށްމުއްކެވިގެންދެއެވެ. އޭނައަށް ގުނާ ޢަދަދު ނުކުރެވޭހާ ވަރަށް އަޔާޒަށް ގުޅައި ވަގުތުން އަޔާޒްގެ ބޮލަށްވަދެ އޭނަ ކައިރިއަށް އައުމަށް އަންގަން ބޭނުންވިއެވެ. އެހެނަސް އެހެން ނެހެދީ އެކަމަށްޓަކައި ގައިގައި ވަރެއް ނެތުމާއެކު އަޔާޒްގެ ކުރިމައްޗަށް ގޮސްފައި މެނުވީ އެ ވާހަކަ ދައްކަން ބޭނުމެއް ނުވުމުންނެވެ.

ކޮންމެއަކަސް މައުވާ 3 ދުވަސްފަހުން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ދޫކޮށްލިއިރު އެކްސިޑެންޓްގެ އެއްވެސް އަސަރެއް އޭނަގެ މޫނުމަތިން ފެންނަން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މޫނުގެ އެކި ތަންތަނުން ކެނޑިފައި އަދި މުޅިން ރަނގަޅު ނުވެ ހުރި ތަންތަން ވެސް ފައުންޑޭޝަންގެ އެހީގައި އޭނައަށް ފޮރުވާލެވުނެވެ. އެހެންކަމުން އޭނަ މާލެއަށް ފުރަން އެއާރޕޯޓަށް ދިޔައީ އޭނައަށް އެއްވެސް އަނިޔާއެއް ލިބިފައިވިކަން ނޭނގޭނެ ފަދައަކުންނެވެ. އަޔާޒް އެއްވެސް ސުވާލެއް ކޮށްފިނަމަ އަޔާޒްގެ ކައިވެނީގެ ވާހަކަ އިވިފައި އޭނައަށް އެ ދިމާވި ޙާދިސާގެ ވާހަކަ ކިޔައިދީ އަޔާޒްގެ ފައިދަށަށް ވެއްޓެން ބޭނުމެއް ނުވުމުންނެވެ.

ގަޑިއިރުތަކެއްގެ ދަތުރަކަށްފަހު މައުވާއަށް މާލެއަށް ދެވުނީ މެންދުރުގެ ވަގުތެއްގައެވެ. މާލެއަށް އާދެވުމާއެކު މައުވާ އަޔާޒާއި ބެހޭ އިތުރު މަޢުލޫމާތު އެއްކުރެވޭތޯ ބެލިއެވެ. މިގޮތުން އޭނަ ޖާމިޒްއަށް ގުޅައި އަޔާޒް ކިހިނެއްތޯ ސުވާލުކުރިއެވެ. ޖާމިޒްގެ ފަރާތުން ލިބުނު ޖަވާބުން މައުވާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަޔާޒް އެ ކައިވެނީގައި އުޅެނީ އުފަލުގައި ނޫންހެން ބުނެލި ބުނެލުމުންނެވެ. އަލަށް މީހަކާއި އިނދެގެން އުޅޭ ކަހަލަ އަސަރެއް އެ މޫނުމަތިންނާއި އޭނަގެ މިޒާޖުންވެސް ފާހަގަ ނުވާ ވާހަކަ އިވުމުންނެވެ. އަޔާޒް އެ ކައިވެނި ކުރީ ހިތާއި ދެކޮޅަށްކަން އޭނައަށް ޔަޤީންވީ އެހާ ހިސާބުންނެވެ. އެއާއެކު އަޔާޒާއި ބައްދަލުކޮށްލުމުގެ އެދުން ވެސް އޭނަގެ ހިތުގައި ބޮޑުވިއެވެ.

އޭނަގެ ހިތުގެ އެ އެދުން ފުރިހަމަވެގެން ދިޔައީ އޭނަ މާލެ އައި ދުވަހުގެ ހަވީރު ވަގުތެވެ. އަޔާޒްގެ ގެއަށް ދިޔުމަށް އޭނަ ދަތުރު ފެށީ ޓެކްސީއެއްގައެވެ. އެ ގެ ހުންނަ ހިސާބުގަނޑާއި ހަމަވިތާ މާ ގިނައިރެއްނުވެ ޕޭވްމެންޓް މަތިން ހިނގާފައި ދިޔަ ބަޔަކު ފެނިފައި މައުވާ ވަގުތުން ޓެކްސީ މަޑުކުރުވައި އެތަނަށް ފޭބިއެވެ. ޓެކްސީ ދިޔަ ވަގުތު މަގުގެ އަނެއް ފަރާތުގައި ހުރި ޕޭވްމެންޓް މަތިން ހިނގާފައި ދިޔަ އަޔާޒާއި އޭނަގެ ބޮޑުމަންމަގެ އިތުރުން ފުރޮޅުލީ ގޮނޑީގައި އިން އަންހެން ކުއްޖާވެސް އޭނައަށް ފެނުނެވެ. މަލާކް ހިނިތުންވުންތަކާއެކީ އެކި ދިމަދިމާލަށް ނަޒަރު ހުއްޓަމުން ދިޔަ މަންޒަރު ފެނިފައި ވެސް މައުވާގެ ދަތްކުނޑި ވިކުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ބައެއް ކަންތައްތައް ފާހަގަވުމުން އޭނަ ހަމަޖެހެން ފެށިއެވެ. އަޔާޒާއި މަލާކްގެ ދެމެދުގައި އޮތް ދުރުކަމެވެ. އަޔާޒް މަލާކްގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައިރު މަލާކް އަމިއްލައަށް ގޮނޑި ދުއްވަމުން ދިޔަ ގޮތުންނެވެ. އަދި އަޔާޒް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލަމުން ދިޔަ ގޮތުން މައުވާގެ މޫނުމައްޗަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

މައުވާ ބަލަން ހުއްޓާ އެ ތިން މީހުން މަގު ހުރަސްކޮށް އޭނަ ހުރި ފަރާތުގައި ހުރި ފިހާރައަކަށް ދާން މިޞްރާބު ޖެހިއެވެ. އެމީހުން އެކީގައި ގޮސް ފިހާރައަށް ވަން މަންޒަރު ބަލަން ހުރެފައި މައުވާ ވެސް ގޮސް އެ ފިހާރައަށް ވަނެވެ. ދުރުދުރުން އެމީހުންނަށް ބެލި ބެލުމުން ވެސް މަލާކާއި އަޔާޒް ކިހާ ދުރުކަން އޭނައަށް ފާހަގަވަމުން ދިޔައެވެ. އަޔާޒް އެއްފަހަރުވެސް މަލާކްގެ ގޮނޑީގައި އަތްލާން ވެސް ނުއުޅުނު ގޮތުން އޭނައަށް ލިބެމުން ދިޔައީ އުފަލެކެވެ. އެމީހުންނަށް ބަލަން ހުންނަތާ މިނެޓްތަކެއް ފަހުން އާ މަންޒަރެއް ނުފެންނާނެއޭ ހިތައި މައުވާ ދާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ފުރަގަހުން މަލާކްގެ އާހެއްގެ އަޑު އިވުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެއަށްފަހު އޭނަ ފަސްއެނބުރި އޭނަގެ ކައިރީގައި ހުރި ހަރު ކައިރީގައި މަޑުކޮށްލަމުން މަލާކް ހުރި ދިމާލަށް ބަލާލިއެވެ. އެ ހިނދު މަލާކްގެ ފުރަގަހުގައި ހުރި އަޔާޒް ކަންބޮޑުވުމަކާއެކީ މަލާކަށް ބަލަން ހުރި މަންޒަރު ފެނިފައި މައުވާގެ ދެބުމަ ކައިރިވިއެވެ. އޭނަގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ އަޔާޒް މަލާކްގެ ކައިރިއަށް އައިސް މަޑުވެސް ނުކޮށް މަލާކް އަތްދަނޑިމައްޗަށް ނެގި ގޮތުންނެވެ. އެ ހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައިވި ގޮތުން މައުވާގެ ގޮށްމުއްކެވިގެން ދިޔަ ވަގުތު އޭނަގެ އަތް ތުރުތުރު ވެސް އެޅިއެވެ. އޭނަގެ ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އެއާއެކު އޭނަ ފުން ނޭވައެއް އެތެރެއަށް ދަމައި ހަމައަކަށް އެޅޭތޯ ބެލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާއި އެކީ ވެސް ގޯސްކޮށް ވިސްނަން އިންކާރު ކުރިއެވެ. އޭނަ އައުމުން އަޔާޒް އެހެން މީހެއްގެ ކައިރިއަށް ނުދާނެކަމަށް މައުވާ އަމިއްލަ ހިތަށް ޔަޤީންކޮށްދިނެވެ. އޭނަ އަތްދަބަސް ތެރެއިން ފޯނު ނެގީ އެ ޔަޤީންކަމާއި އެކީގައެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ކިތަންމެ ކަމެއް ދިމާވިޔަސް އޭނައަށް އަޔާޒް ހައްލާލައިގެން ގެންގުޅެވުނު ގޮތުގެ މަތިން ހަނދާންކުރަމުންނެވެ. އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ މަންމަގެ އަޑެވެ.

“ކޮބާ ފެނިއްޖެތަ އެ ދެމީހުން؟” މަންމަ ސުވާލުކުރިއެވެ.

“ހޫމް….އެބަފެނޭ އެދެމީހުން…ހީކުރި ކަހަލަ މަންޒަރެއްނޫން މިފެނުނީ. އެކަމަކު މި މަންޒަރު ވަރަށް އަވަހަށް ބަދަލުކުރެވިދާނެ….އަޔާޒްގެ މައުވާ މިހިރީ އައިސްފަ ވިއްޔާ.” މައުވާ އެހެން ބުނެލީ އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. އަޔާޒް ވާނީ ހަމަ އޭނަގެ މީހަކަށް ކަމާމެދު ޝައްކުވެސް ކުރަން ބޭނުމެއްނުވާ ފަދައަކުންނެވެ.

“އާނދޯ؟ ތިއީއޭ މަންމަ އަބަދުވެސް ދައްކާ ވާހަކަ. މައުވާ ބޭނުމިއްޔާ ޙާޞިލުނުކުރެވޭނެ ކަމެއް ނޯންނާނެ. އަވަހަށް އޭނައާއި ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ޙައްލުކުރޭ. މަންމަވެސް އަނބުރާ އަންނާނަން ދުވަސްކޮޅަކުން. ދެން ބޭއްވީ މިވަގުތަށް.” މަންމަ ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކެނޑިގެން ދިޔުމުން މައުވާ އޭނަގެ ފޯނު ކަންފަތުން ނަގާލީ ވެސް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ޖޯޑަށް ނަޒަރު ހުއްޓައިގެން ތިބިއެވެ. އޭނަ ކައިރީގައި ތިބި ބައެއް ޒުވާން އަންހެން ކުދިންތައް ޖޯޝާއެކީ ‘ސޯ ރޮމޭންޓިކް’ އޭ ކިޔުނު އަޑަށް އޭނަގެ ހިތުތެރޭގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އޭނަ ދެންވާ އެއްޗެއް ބެލުމަށްޓަކައި ހުރިގޮތަށް ހުއްޓާ އަޔާޒްމެންގެ ފުރަގަހުން އަޔާޒްގެ ބޮޑުމަންމަ އަންނަ މަންޒަރު ފެނުނެވެ.

“އަޔާޒް ކިހިނެއްތަވީ؟” ވަސީމާ ފެންނަމުން ދިޔަ މަންޒަރާމެދު ހިތާހިތުން އުފާކުރަމުން އަޔާޒްމެންގެ ކައިރިއަށް ދިޔަ ހިނދު އެއްލި ކަޅިއަކުން ދުރުގައި ހުއްޓި ހުރި އަންހެން ކުއްޖަކު އޭނައަށް ފެނުނެވެ. އެހެން މީހުންވެސް އެދިމާލަށް ބަލަން ތިއްބެއްކަމަކު އެކުއްޖާއަށް ވަސީމާގެ ސަމާލުކަން ހުއްޓުނީ އެއީ އޭނަ ދަންނަ ކުއްޖެއްހެން ހީވުމުންނެވެ. އަދި އަމުދުން އޭނަ ފެނިފައި އެކުއްޖާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެ ކުއްލިއަކަށް އޭނައަށް ފަސްދީފައި ފިހާރައިން ނިކުންނަން މިޞްރާބު ޖެހުމުން ވަސީމާއަށް ވިސްނުމެއްގައި ހުރެވުނެވެ. އެހެނަސް އެވަގުތު އަޔާޒް ޖަވާބު ދޭން ފެށުމުން އަޔާޒަށް ސަމާލުކަން ދެވުނެވެ.

“ބައެއް މީހުންނަށް ނޭނގެނީ ވަރުބަލިވީމަ ބުނަންވެސް. އެއީ ވެގެން އުޅޭ ގޮތަކީ.” އަޔާޒް މަލާކްގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އެ ހިނދު ހިތުގެ ތެޅުން އަވަސްވެފައިވި މަލާކް އެއަށް ރައްދެއްދޭން އުޅުނެއްކަމަކު އޭނަގެ އަޑު އެކަމަށް އެއްބާރުލުންދޭން ދެކޮޅު ހެދިއެވެ.

“ތެދެއް މަލާކް؟ މަލާކް ވަރުބަލިވީތަ؟ ނުވެސް ބުނަމެއްނު ބޮޑުމަންމަ ކައިރި…ބުނިނަމަ މިހެން ވާކަށް ނުޖެހުނީހެއްނު؟” ވަސީމާ އެ ފަހު ސުވާލުކޮށްލީ ފިހާރަ ތެރޭގައި އެމީހުންނަށް ބަލަން ތިބި މީހުންނަށް ބޮލުން ޢިޝާރާތް ކުރަމުންނެވެ. މަލާކަށް އެހެން ދިމާލަކަށް ބަލާލެވުނީ ދެނެވެ. ޒުވާން ފުރައިގެ ކުދިންތައް ހިނގާފައި ދަމ%

ގުޅުންހުރި

ޚިޔާލު

Comments are closed.

More in ވާހަކަ