ރާއްޖޭގެ ޚަބަރު ރަށްރަށުގައި މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށް އަންގަައިފި

ރަށްރަށުގައި މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށް އަންގަައިފި

ރަށްރަށުގައި މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށް އަންގަައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕިއޭއިން މޮނިޓަރިން ޙާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށެވެ.

“ޖަމާޢަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ވާހަކަ ދަންނަވަން” މިނިސްޓްރީން ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ މަހުގެ 18ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް މިނިސްޓްރީން ކުރިންވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި އެއްވެސް ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ ނުވަތަ ފުރަބަންދު (ލޮކްޑައުން) ކޮށްފިނަމަ، އެރަށެއްގައިވެސްއެ ހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.