ރާއްޖޭގެ ޚަބަރު މިވަގުތަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރަންވީ ވަގުތު: ޝައިޚް އަލީ ޒާހިރުު

މިވަގުތަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރަންވީ ވަގުތު: ޝައިޚް އަލީ ޒާހިރުު

މިވަގުތަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރަންވީ ވަގުތު: ޝައިޚް އަލީ ޒާހިރުު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިވަގުތަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރަންވީ ވަގުތު ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް އަލީ ޒާހިރު ވިދާޅުވީ، ބިރުވެރި ހާލަތުގައި ވިސްނަންވީ އަމާންކަމުގައި ޢަމަލްތައް ބެހެއްޓި ގޮތާ މެދުގައިކަމަށާއި ދަތި ހާލުގައި ހަނދާން ކުރަންވީ ތަނަވަސްކަމުގައި ޢަމަލުތައް ބެހެއްޓި ގޮތާއިމެދުކަމަށެވެ.

މީގެ އިތުރުން މިދުވަސްވަރު ކޯވިޑް19 އިން އަރައިގަތުމަށް ސަރުކާރާއި ސިއްޙީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން ޖެހޭކަމަށްވެސް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 3 މީހަކު ފެނިފައިވާ މިދަނޑިވަޅުގައި މުޅި ރާއްޖެ މިހާރުވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މާލެ ވަނީ ފުރަބަންދު ކުރެވިފައެވެ. މިފަދަ ހާލަތެއްގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލަނބަން ޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.