ރިޕޯޓް ލިބޭނީ ދީގެން

ލިބޭނީ ދީގެން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން އަބްދުލްޣަފޫރު

އެހެންމީހުންގެ އިޙްތިރާމާއި ޤަދަރު ތިބާއަށް ލިބެން އެދޭ ނަމަ އެހެންމީހުންނަށް އިޙްތިރާމްކޮށް ޤަދަރުކުރާށެވެ. އިޙްތިރާމާއި ޤަދަރަކީ ވިޔަފާރިއެކެވެ. ދީފައި ގަންނަ އެއްޗެކެވެ. ޙަޔާތުގައި ދިމާވާ ކަމެއްގައި ތިމާގެ އިޙްތިރާމް ގެއްލޭގޮތަކަށް ޢަމަލުކުރެވިއްޖެނަމަ އެ އިޙްތިރާމް އަނބުރާ ހޯދުމަށްޓަކައި ދެގުނަ މަސައްކަތް ކުރަން ޖެހޭނެއެވެ. މީހުންނާ މުޢާމަލާތު ކުރުމުގައި ރިވެތިކަން އިޚްތިޔާރު ކުރުމަކީ މީހުންގެ ކުރިމަތީގައި ތިމާގެ ޤަދަރު އުފުލޭ ކަމެކެވެ. ސާދާކަމާއި، ހިނިތުންވުމާއެކު މީހުންނާ ކުރިމަތިލާށެވެ. ތިބާގެ ނަފްސުގައިވާ ހިތާމައެއް ނުވަތަ ނުތަނަވަސްކަމެއް ނުވަތަ ހިތްހަމަނުޖެހުމެއްގެ ރޯޅި އެހެންމީހުންނަށް ބާލާ ނުލާށެވެ. މާޔޫސްވާފަދަ ޙާލަތެއްގައި ތިބާ ހުއްޓަސް އެހެންމީހުންނަށް އުފާވެރިކަން ދައްކާށެވެ. އެހެނީ އެހެންމީހުންގެ ރުހުމަކީ ތިބާގެ އިޖްތިމާޢީ ޙަޔާތުގައި މުހިއްމު އެއްޗެކެވެ. އަބަދުވެސް ހަނދާންކުރަން ޖެހޭނެ ކަމަކީ އިޙްތިރާމް ލިބޭނީ އިޙްތިރާމް ދީގެންކަމެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.