ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (4 ވަނަ ބައި)

﴿ إِنِّي لَكُمْ رَسُولٌ أَمِينٌ ﴾ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.

﴿فَاتَّقُوا اللَّـهَ وَأَطِيعُونِ﴾ ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ﴿ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ ﴾ އަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ.

﴿ فَاتَّقُوا اللَّـهَ وَأَطِيعُونِ﴾ ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ﴿ قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ ﴾ އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبع ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟ ﴿ قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عمل އާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ﴿ إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي لَوْ تَشْعُرُونَ﴾ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حساب ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. ﴿ وَمَا أَنَا بِطَارِدِ الْمُؤْمِنِينَ ﴾ އަދި إيمان ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ﴿ إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ ﴾ بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ. ﴿ قَالُوا لَئِن لَّمْ تَنتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ ﴾ އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ. ﴿ قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قوم ގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ.﴿ فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ ﴾ ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصاف ކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ مؤمن ތަކުން ސަލާމަތް ކުރައްވާނދޭވެ! ﴿ فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ ﴾ ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. ﴿ ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ ﴾ ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرق ކުރެއްވީމެވެ. ﴿ إِنَّ فِي ذَٰلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴾ ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެއެވެ. ﴿وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ ﴾ އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."

سورة الصافات ގައި މާތް الله ވަޙީ ކުރައްވަފައިވަނީ ﴿ وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُون ﴾ ހަމަކަށަވަރުން، نوح ގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ! ﴿ وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ ﴾ އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرق ން) ސަލާމަތްކުރެއްވީމެވެ. ﴿ وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴾ އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. ﴿ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴾ އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. ﴿سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ ﴾ عالم ތަކުގައި نوح ގެފާނުގެ މައްޗަށް سلام ހުށްޓެވެ. ﴿ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴾ إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ﴿ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ ﴾ ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. ﴿ ثُمَّ أَغْرَقْنَا الْآخَرِينَ ﴾ ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ."

سورة القمر ގައި މާތް الله ވަޙީ ކުރައްވަފައިވަނީ ﴿ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ ﴾ އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ. ﴿ فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ ﴾ ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ! ﴿ فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ ﴾ ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. ﴿ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ ﴾ އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ. ﴿ وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ ﴾ އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ. ﴿ تَجْرِي بِأَعْيُنِنَا جَزَاءً لِّمَن كَانَ كُفِرَ ﴾ ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ. ﴿ وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ ﴾ އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟ ﴿ فَكَيْفَ كَانَ عَذَابِي وَنُذُرِ ﴾ ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ ﴿ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟"

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *