ރާއްޖޭގެ ޚަބަރު ޤުރުއާން ޗެލެންޖަށް ތަރްތީލުލް ޤުރުއާން އިންސްޓިޓިއުޓްގެ ބޮޑު ތަރުޙީބެއް!

ޤުރުއާން ޗެލެންޖަށް ތަރްތީލުލް ޤުރުއާން އިންސްޓިޓިއުޓްގެ ބޮޑު ތަރުޙީބެއް!

ޤުރުއާން ޗެލެންޖަށް ތަރްތީލުލް ޤުރުއާން އިންސްޓިޓިއުޓްގެ ބޮޑު ތަރުޙީބެއް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު މުޅި ރާއްޖެއްއަށް ހުޅުވާލައި ފެއްޓެވި ޤުރުއާން ޗެލެންޖަށް ނ. ލަންދޫގައި ހިންގާ ތަރްތީލުލް ޤުރުއާން އިންސްޓިޓިއުޓުން ބޮޑު ތަރުޙީބަކާއި އެކު ބައިވެރިވެއްޖެއެވެ.

އެގޮތުން އެ ޤުރުއާން އިންސްޓިޓިއުޓުގެ ފަރާތުން ހުރިހާ ދަރިވަރުންނާއި ޓީޗަރުންނާއި އެޑްމިން ސްޓަފުން އަދި ބެލެނިވެރިންވެސް ވަނީ ބައިވެރިވެ ނަމޫނާ ދައްކާފައެވެ. ތަފާތު ކަމަކީ ހުރިހާ ކިޔެވުމެއް ވެސް ވަރަށް ފެންވަރު ރަނގަޅުކޮށް ރިކޯރޑު ކުރެވިފައި ކަމެވެ. އަދި ހުރިހާ ކިޔެވުމެއްވެސް މިހާރު ޔޫޓިއުބަށް އަޕްލޯޑް ކުރެވިފައިވެއެވެ.

ތަރްތީލުލް ޤުރުއާން އިންސްޓިޓިއުޓްގެ ޕްރިންސިޕަލް އަލީ ޒިޔާދު ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން ވިދާޅުވީ "އަބަދުވެސް އެކަހަލަ ފުރުސަތު ތަކަށް ބަލަބަލާ ހުންނަ." ކަމަށާއި "އިންސްޓްޓިއުޓްގެ ކުދިންވެސް ވަރަށް ޝައުޤުވެރިވާނެ އެކަހަލަ ކަންކަމަށް ހުންނަ"ކަމަށެވެ.

"ޤުރުޢާން ޗެލެންޖް އިތުރަށް ފުރިހަމަ ކުރުމަށް މިހާރު މިފެށީ އެކުދިން އަމިއްލަ އަށް ޤުރަން ޚަތިމް ކުރަން." އިތުރަށް އަލީ ޒިޔާދު ވިދާޅުވިއެވެ. އަލީ ޒިޔާދު ވިދާޅުވި ފަދައިން އެއިންސްޓިޓިއުޓްގެ ދަރިވަރަކުވަނީ 2 ދުވަހުން މުޅި ޤުރުއާން ޚަތިމްކޮށް ނިންމާފައެވެ. އެހިތްވަރު ގަދަ ދަރިވަރުގެ ނަމާއި ފޮޓޯ އެއިންސްޓިޓިއުޓުން ވަނީ ފޭސްބުކްގައި ހާމަކޮށްފައެވެ. އެދަރިވަރަކީ ޝަހާ ސާލިހު ސަޢީދު އެވެ. އަދި އޭގެ ފަހުން މަރިޔަމް ޝައިހާ ޝިހާމް އާއި ފާތިމަތު މީޝަމް ވަނީ 3 ދުވަހުން ހަތިމްކޮށްފައެވެ.

ޤުރުއާން ޗެލެންޖުގެ ނަމުގައި ހުޅުވާލެވުނު ފުރުޞަތުގައި ކުދި ބޮޑު އެތަށް ބަޔަކު ވަނީ ބައިވެރިވެ ހުނަރު ދައްކާލައިފައެވެ.

ތަރްތީލުލް ޤުރުއާން ކުލާހުގެ ޔޫޓިއުބް ޗެނަލް!

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.