ރާއްޖޭގެ ޚަބަރު ނުހިފި ހުންނަ ރޯދައަކީ ދަރަންޏެއް: ޝައިޚް މުޖްތަބާ

ނުހިފި ހުންނަ ރޯދައަކީ ދަރަންޏެއް: ޝައިޚް މުޖްތަބާ

ނުހިފި ހުންނަ ރޯދައަކީ ދަރަންޏެއް: ޝައިޚް މުޖްތަބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުޒުރަކާއި ހެދި ދޫކޮށްލާ ރޯދަ ނުހިފި ހުންނަނަމަ އެރޯދައަކީ ދަރަންޏެއް ކަމަށް ޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.

މިގޮތަށް ޝައިޚް ވިދާޅުވެފައި މިވަނީ ޤަޟާކުރަންޖެހޭ ރޯދައާއި ބެހޭގޮތުން ދިއިސްލާމްއިން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ޝައިޚް މުޖުތަބާ ޙަމީދު ވިދާޅުވެފައިވަނީ "އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ނުހިފި ހުރި ރޯދައެއް ވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުމަކެއް ދިނުމަށާއި، ގޭގައި މިހެން މިދުވަސްވަރު ތިބޭ އިރު ނުހިފިވާ ރޯދަ ޤަޟާ ކުރުމަށް އިލްތިމާސް ކުރައްވާ"ކަމަށެވެ.

އަދިވެސް އިތުރަށް ޝައިޚް މުޖުތަބާ ވިދާޅުވެފައިވަނީ "ފާއިތުވެފައިވާ ރޯދައަކީ ދަރަންޏެއް ކަހަލަ އެއްޗެއް"ކަމަށެވެ. "އެހެންވީމައި އެދަރަނި އަދާ ކުރުމުގެ ވަގުތު ޖެހުމުގެ ކުރިން ދަރަނި އަދާކުރަންޖެހޭ" ކަމަށާއި "އެކަމަށް ފަރުވާ ކުޑަކޮށްފި ކަމުގައިވާނަމަ އެއީ ތައުބާވާންޖެހޭ ފަދަ ކުށެއް"ކަމަށެވެ.

އަދި ބަލި ޙާލު ހުރިގޮތުން ރޯދަ ނުހިފިވާ މީހާއަކީ މިސްކީނަކަށް ވެފައި އޭނޭގެ ކިބައިގައި އެހެން މީހަކަށް ކާން ދިނުމުގެ ކުޅަދާނަކަން ނެތްނަމަ އޭނާ އެއްވެސް ކަމެއް ކުރަންނުޖެހޭނެ ކަމަށާއި އެމީހެއްގެ ކިބައިން އެތަކްލީފް އެހާހިސާބުން ވަނީ ފިލައިގެން ގޮއްސައިކަމަށް ޝައިޚް މުޖްތަބާ ވިދާޅުވިއެވެ. އަދި އެމީހަކަށް ކުޅަދާނެވެގެން ނުވާ ކަމެއް އިސްލާމްދީނުގައި އެމީހަކަށް ނުޖައްސަވާނެ ކަމަށްވެސް ޝައިޚް މުޖުތަބާ އިތުރަށް ވިދާޅުވިއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.