އަރަބި ދުނިޔޭގެ ބައެއްޤައުމުތަކުގައި އެޤައުމުތަކުގެ ވެރިކަމާއިދެކޮޅަށް ހިނގަމުންދާ ހަމަނުޖެހުމާއި ޚިލާފަށް ބަހުރައިންގައި ކުރިއަށްދަނީ މަޒްހަބީ ހަމަނުޖެހުމެއްކަމަށް އައްޝައިޚް ޔޫސުފުލް ޤަރްޟާވީ ވިދާޅުވެއްޖެއެވެ.
"ބަހުރައިންގައި ކުރިއަށްދާ ހަމަނުޖެހުމަކީ ޤައުމުގެ ވެރިކަން ބަދަލުކުރުމަށްކުރަމުންދާ ހަމަނުޖެހުމެއްނޫން. އެއީ މަޒްހަބީ ޖަމަނުޖެހުމެއް" ޤަރްޟާވީ ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށްވިދާޅުވިގޮތުގައި މިސުރާއި، ޓިއުނީޝިއާ އަދި ލީބިޔާގައި ކުރިއަށްދާފަދަ ހަމަނުޖެހުމެއް ބަހުރައިންގައިނެތްކަމަށާއި ބަހުރައިންގައި ކުރިއަށްދަނީ ޝިޢާއިން އެބައިމީހުންގެ ބޮޑެތި އެދުންތަކެއް ޙާޞިލުކުރުމަށް ކުރިއަށްގެންދާ ކަމެއްކަމަށެވެ. އެގޮތުން ބައެއްމީހުން ޝިޢާއިންގެ ރޫހީލީޑަރު އާޔަތުއްލާ ޚުމެއިނީގެ ފޮޓޯތަކާއި ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲގެ ފޮޓޯތައް ބޭނުންކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި އެމީހުން ނިސްބަތްވަނީ ބަހުރައިނަށް ނޫންކަމަށާއި ނަމަވެސް އީރާނަށްކަމަށް ޤަރްޟާވީ ވިދާޅުވިއެވެ.
އައްޝައިޚް ޔޫސުފުލް ޤަރްޟާވީ ވަނީ ޝިޢާއިންނަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއްދެއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...