ރާއްޖޭގެ ޚަބަރު ރަމަޟާން މަހަށް ޙާއްސަކޮށް ޑރ ޝަހީމްގެ ޕްރޮގްރާމް ތަކެއް

ރަމަޟާން މަހަށް ޙާއްސަކޮށް ޑރ ޝަހީމްގެ ޕްރޮގްރާމް ތަކެއް

Ramadan Mahah Khaasakoh Dr Shaheemge Programe Thakeh

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ރަމަޟާންމަހަށް ޙާއްސަކޮށްގެން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޕްރޮގްރާމްތަކެއް އޮންނާނެކަން އެމަނުކުފާނު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު އިޢްލާން ކުރަށްވާފައިވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރި ކުރަށްވައެވެ.

ރަމަޟާން މަހަށް ޙާއްސަކޮށްގެން ބާއްވާ މިޕްރޮގްރާމްތަށް ކުރިއަށް ގެންދަވާނީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކުރަށް ވައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއާއިއެކު މިޕްރޮގްރާމް ތައް ޙާއްސަ ކުރައްވާނެ ދާއިރާތަށްވެސް ވަނީ މިޕޯސްޓުގައި ވިދާޅުވެދެއްވާފައެވެ.

ރަމަޟާން މަހުގެ މިޕްރޮގްރާމް ތަކުގައި ވާހަކަ ދައްކަވާނެ ދާއިރާތަކަކީ އިސްލާމީ އިޖްތިމާއީ ވައްޓަފާޅި، ތައުޙީދާއި އިންސާނިއްޔަތު އަދި ޙަޟާރަތު، ނަބަވީ ލީޑަރޝިޕް، ޤުރުއާނާއި ސުންނަތާއި އެކު އަދި ޝަރީޢާގެ އުޞޫލުތަކާއި އިސްލާމީ ޝަރީޢަތުގެ މަޤާސިދުތަށް މިދާއިރާތަކެވެ.

މިލެކްޗަރ ޕްރޮގްރާމްތައް ލައިވް ޚުރައްވާނީ ހަވީރު 4:45ގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.