ތުރުކީގައި މާސްކު ހިލޭ ބަހަން ފަށައިފިއެވެ.
މީހުން އެއްވެ އުޅޭ ތަންތަނުގައި އެންމެންވެސް މާސްކު އަޅައިގެން ތިބުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަމުރު ނެރުމާއި ގުޅިގެން ތުރުކީ ސަރުކާރުންވަނީ ތުރުކީގައި މާސްކު ހިލޭ ލިބޭނެކަމަށް އިއުލާންކޮށްފައެވެ. ޕޯސްޓު މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ހިލޭ މާސްކު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު މާސްކު އަޅައިގެން ބޭރުގައި އުޅުމަށްދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ.
"ޕޯސްޓަލް ހިދުމަތުގެ ވެބްސައިޓު މެދުވެރިކޮށް މާސްކު ހޯދުމަށް އެދޭ ރައްޔިތުންނަށް. އުމުރުން 20 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް ހަފްތާއަކު 5 މާސްކަށް އެދެވޭނެ. ޕޯސްޓް މެދިވެރިކޮށް ގެއަށް ޑެލިވަރީ ކޮށްދޭނެ." ކަމަށް ތުރުކީގެ ޕޯސްޓު ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.
ތުރުކީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތުރުކީގެ ރައީސް ނިންމަވާފައިވަނީ ފިހާރަކަށާއި ޝޮޕިންގމޯލް ތަކަށް މާސް ނާޅާ ނުވަދެވޭނެކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނާއި 20 އަހަރު ނުވާ މީހުންނާއި ކުޑަކުދިން ގޭގައި ތިބުމަށް އުރުދާންވަނީ އިލްތިމާސްކުރައްވާފައެވެ.
ތުރުކީގައި މިހާތަނަށް 34109 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 725 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

















ޚިޔާލު