މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރޯދަމަހާއި ދިމާކޮށް މާރސީއިން ހަދިޔާވަށި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މަރސީއިން ހާމަކޮށްފިއެވެ.
"ހަދިޔާވަށި" ނަމުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ހަދިޔާ ކުރާ މިޕްރޮގްރާމްއަކީ ރަމަޟާންމަހު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މާރސީގެ ފޭސްބުކު ޕޭޖުން މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ކުރިޔަށް ގެންދިޔަ ލައިވްގައި މާރސީގެ ރައީސް، އިބްރާހީމް އާޚިރު ވިދާޅުވީ "މިއަހަރުގެ ޕްރޮގްރާމު ޚާއްސަކޮށްލަނީ މުޅި ރާއްޖެއަށް ކަމަށާއި، މި ޕްރޮގްރާމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަތިކޮށް ދިރިއުޅޭ ހުރިހާ ފަރާތްތަކަކުންވެސް ފޯމެއް ފުރުއްވައިގެން ބައިވެރިވެވޭނެ"ކަމަށެވެ.
"ހަދިޔާވަށްޓަށް އެދި ހުށައަޅާ ފޯމު މާރސީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑު ކުރެވުމުގެ އިތުރުން މާރސީން އިއުލާނުކުރާ ހޮޓްލައިން ނަމްބަރުތަކަށް ގުޅައިގެންވެސް ފޯމު ފުރުމާއި ހުށައެޅުމުގެ އިންތިޒާމުތައްވާނެ."ކަމަށް އާޚިރު ވިދާޅުވިއެވެ.
މާރސީއަކީ ޗެރިޓީ މަސައްކަތް ކުރުމުންދާ ޖަމްޢިއްޔާއެކެވެ. މިޖަމިއްޔާއިން މީގެ ކުރިން ވަނީ ފައިސާގެ އެހީތެރިކަން ބޭނުންވެފައިވާ އެތައް ބަލިމީހުންނަށް ތަފާތު ޕްރޮގްތާމްތައް ހިނގާ ފައިސާގެ އެހީތެރިކަން ފޯރުކޯށްދީފައެވެ.
މާރސީގެ ހަދިޔާވަށި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާރސީގެ ހޮޓްލައިން އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް މާރސީ ޖަމިއްޔާއިން އެދިލައްވައެވެ.
ހޮޓްލައިން ނަންބަރުތައް:
މާރސީގެ އެކައުންޓް ނަމްބަރު:
48136 00000 777 ރުފިޔާ އެކައުންޓް
48137 00000 777 ޑޮލަރު އެކައުންޓް

















advertisment
ޚިޔާލު