ރާއްޖޭގެ ޚަބަރު ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން 3މިލިއަން ރުފިޔާ ޙަރަދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން 3މިލިއަން ރުފިޔާ ޙަރަދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން 3މިލިއަން ރުފިޔާ ޙަރަދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައި ތިބި ދިވެހިންނަށް ޒަކާތު ފަންޑުން 3މިލިއަން ރުފިޔާ ޙަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް ގޮސް ޙާލުގައި ޖެހިފައި ތިބި މީހުންނަށް ކޮވިޑް-19 އާއި ގުޅިގެން އެހީތެރިވުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ތަކެއް ކޮށް ވަރަށް ގިނަ ފައިސާތަކެއް ޙަރަދުކުރަމުން ދާކަމަށެވެ. އަދި އިތުރަށް މިނިސްޓަރ ޒާހިރު ވިދާޅުވެފައިވަނީ ޙާލުގައި ޖެހިފައި ތިބި މީހުނަށް ކޮންމެވެސްވަރެއްގެ ސަޕޯޓެއް ދިނުމުގެ ގޮތުން ޒަކާތު ފަންޑުން މިހާތަނަށް 3މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާ ކަމަށެވެ.

ޒަކާތު ފަންޑުން ޙަރަދު ކުރަނީ ޒަކާތު ފަންޑާ ގުޅޭ ކޮމިޓީއާއި އެޑްވައިޒަރީ ބޯޑުން ހުއްދަދޭ ކަންކަމަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. އަދި މިދެ ކޮމެޓީގައިވެސް ދީނީ ޢިލްމު ވެރިން ހިމެނޭކަމަށް ވެސް މިނިސްޓްރީ އިން މަޢުލޫމާތު ދީފައިވެއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.