ރާއްޖޭގެ ޚަބަރު ލޯތްބާއެކު 2020 ޕެންޑަމިކް ރިލީފް ގެނަމުގައި އައިއޭސީ އިން އެހީގެ ކެމްޕެއިނެއް ފަށައިފި

ލޯތްބާއެކު 2020 ޕެންޑަމިކް ރިލީފް ގެނަމުގައި އައިއޭސީ އިން އެހީގެ ކެމްޕެއިނެއް ފަށައިފި

Loaibaa Eku 2020 Pandamic Releif

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޓަރ ނޭޝަނަލް އެއިޑް ކެމްޕެއިން އިން ލޯތްބާއެކު 2020 ގެ ނަމުގައި ރަމަޟާން މަހަށް ޚާއްސަ ކޮށްގެން އެހީގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ލޯތްބާއެކު ކެމްޕެއިން އަކީ 2018 ވަނަ އަހަރުން ފެށިގެން އައިއޭސީ އިން ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައި މީސްތަކުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ކެމްޕެއިނެކެވެ. 2018ވަނަ އަހަރު ފަލަސްޠީނުގައި ޙާލުގައި ޖެހިފައިތިބި މީސްތަކުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ފާއިތުވި 2019 ވަނ އަހަރު ސީރިޔާ އާއި ފަލަސްޠީނާއި ދެޤައުމުގައި ޙާލުގައި ޖެހިފައި ތިބި އަޚުންނާއި އުޚްތުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިއޭސީ ގެ އިންޓަރ ނޭޝަނަލް ރިލޭޝަން ޑިރެކްޓަރ މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ މިއަހަރުގެ މިކެމްޕެއިން މިމަހުގެ 1ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 19ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ. ކޮވިޑް-19 އާއި ގުޅިގެން މަގުމަތީގައި އެއްވެސް ޙަރަކާތެއް މިފަހަރު ހިންގެން ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މިކެމްޕެއިން ކޮވިޑް-19 ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު އައިއޭސީއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ޙާއްސަ ހައިޖީން ޕެކެއް ހިމެނުމަށް ހަމަޖައްސާފައިވާ ކަމަށް އެޖަމްޢިޔާއިން ބުނެއެވެ. އަދި 60ޑޮލަރަށް 6މީހުންގެ ޢާއިލާއެއްގެ އެއްމަސްދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއްމަހުގެ ހައިޖީން ޕެކެއް ދިނުމަށް ރާވާފައިވާކަމަށް އެޖަމްޢިޔާއިން މަޢުލޫމާތުދެއެވެ.

މިއަހަރުގެ ކެމްޕެއިން ޙާއްސަ ކުރެވިފައިވަނީ ޖުމްލަ 6ޤައުމަކަށް ކަމަށް އެޖަމްޢިޔާއިން މަޢުލޫމާތު ދެއެވެ. އަދި އެ ޤައުމުތަކަކީ ނޭޕާލް، ޔުގެންޑާ، ސީރިޔާ، ފަލަސްޠީން، ޔަމަން އަދި ބަންގްލަދޭޝް އާއި މެލޭޝިއާގައި ތިބި ރޮހިންޏާއަށް ނިސްބަތްވާ ރެފިއުޖީންނަށެވެ. އައިއޭސީއިން އިތުރަށް މަޢުލޫމާތުދީފައިވާ ގޮތުގައި ޙާލުގައި ޖެހިފައިވާ މީހުނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ބޭރުގެ 10 އެންޖީއޯ އަކުން ބައިވރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޓަރ ނޭޝަނަލް ފަންޑު ހޯދުމާއި އެއްކުރުމުގެ ކަންކަމުގައި ޔޫކޭގެ އެންޖީއޯ އެއް ކަމަށްވާ އޮލިވް ގްރޯވް ހަމަޖެހިފައިވާ ކަމަށް ވެސް އެޖަމްޢިޔާއިން ބުނެއެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައިއޭސީގެ އެކައުންޓް ނަންބަރ 777000002659 މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ ކަމަށް އައިއޭސީ އިން ބުނެއެވެ. އަދި މި ޕެންޑަމިކް ރިލީފް ކެމްޕެއިނާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އައިއޭސީގެ ހޮޓްލައިން 9122121އަށް ގުޅުމަށް އެބޭފުޅުން އެދިލައްވައެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.