ކޮވިޑް19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު އަންދަމުންދާތީ ސްރީލަންކާގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަނީ

ކޮވިޑް19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު އަންދަމުންދާތީ ސްރީލަންކާގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަނީ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުންދާތީ އެޤައުމުގައި ދިރިއުޅޭ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވި ހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ މުސްލިމުންނެވެ. އެއިގެ ތެރެއިން އެކަކީ އުމުރުން73 އަހަރުގައި މިމަހުގެ1 ވަނަ ދުވަހު މަރުވި ބިޝްރުލް ހަފީ މުޙައްމަދު ޔޫނުސްއެވެ. އޭނާގެ ދަރިފުޅު އުމުރުން46 އަހަރުގެ ފަޔާޒް ޔޫނުސް މީޑިއާއަށް މައުލޫމާތު ދިންގޮތުގައި އޭޕްރީލް1 ވަނަ ދުވަހު އޭނާގެ ބައްޕަ މަރުވުމާއި ގުޅިގެން ސަރުކާރުގެ ފަރާތުން ޖެހިގެން އައިދުވަހު ޕޮލިހުންގެ ވެހިކަލެއްގައި ބައްޕަގެ ހަށިގަނޑު ގެންގޮސް އަންދާލާފައިވާ ކަމަށާއި ބަލި ފެތުރިދާނެ ކަމުގެ ބިރަށް ޖަނާޒާ ބާއްވާ ކަށުނަމާދު ކުރުމުގެ ފުރުޞަތު ލިބިފައިނުވާ ކަމަށެވެ.

ފަޔާޒް ބުނިގޮތުގައި ދީނުގައި އަންގަވާފައިވާ ގޮތަށް މައްޔިތާގެ ހަށިގަނޑާއިމެދު ޢަމަލުކުރުމަށް ސަރުކާރުން ފުރުޞަތު ދޭންޖެހޭ ކަމަށާއި މަރުވުމުން ހަށިގަނޑު އަންދާލުމަކީ ހައްލެއްނޫން ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ސްރީލަންކާގެ ހެލްތް މިނިސްޓްރީއިން އަންގާރަދުވަހު ނެރެފައިވާ ގައިޑްލައިނުގައިވާ ގޮތުން ކޮވިޑް19 ގައި މަރުވާ މީހުންގެ ހަށިގަނޑުތައް ހިނަވާ ކަންފުންކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އަދި އެބަލީގައި މަރުވާ މީހުންގެ ހަށިތަކާއި މެދު އަމަލުކުރާނެ ގޮތަކީ އަންދާލުންކަމުގައި މިގައިޑްލައިންގައި ބުނެފައިވެއެވެ.

ސްރީލަންކާ ސަރުކާރުގެ މިޢަމަލާއި ގުޅިގެން އެޤައުމުގެ މުސްލިމް ލީޑަރުންނާއި އެކްޓިވިސްޓުން އަންނަނީ އަޑުއުފުލަމުންނެވެ. އެގޮތުން ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ގައިޑްލައިން އިންވެސް މިފަދަ ބަލިމަޑުކަމުގައި މަރުވާ މީހުން ވަޅުލުމުގެ ފުރުޞަތު ލިބޭ ކަމަށާއި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ގައިޑްލައިނަށް ޢަމަލުކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

ސްރީލަންކާގެ މުސްލިމް ކައުންސިލްގެ ނައިބް ރައީސް ހިލްމީ އަހުމަދު ވިދާޅުވީ މިކަމަކީ ހަރުކަށި ބުޑިސްޓުން މުސްލިމުންނާއި މެދުގައި ގެންގުޅޭ ނަސްލީ ތަފާތުކުރުން ތަކުގެ ތެރެއިން ކުރަމުންގެންދާ ކަމެއް ކަމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަށް ޢަމަލުކުރަމުން ގެންދާ ކަމަށެވެ.

"އިނގިރޭސިވިލާތާއި ޔޫރަޕްގެ ގިނަ ޤައުމުތަކާއި ސިންގަޕޫރާއި ހޮންކޮންގެ އިތުރުން މުސްލިމް ހުރިހާ ޤައުމުތަކެއްވެސް ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަށް ޢަމަލުކުރަމުން ގެންދަނީ" ހިލްމީ ބުންޏެވެ.

 

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.