ރާއްޖޭގެ ގުރްއާން ސަފީރަކަށްވުމުގެ ފުރުސަތު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުޅުވާލައްވައިފިއެވެ.
ފޭސްބުކްގައި ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުރުއާން އެމްބަސެޑަރ(ސަފީރުލްޤުރާން) ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ.
މިކަމުގައި ތަފާތު ޢުމުރު ފުރާގެ މީހުންނަށް ބައިވެރި ވެވޭނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ސަފީރަކަށް ވާން އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކަކީ ޤުރުއާން ދެކެ ލޯބިވާ، ހިލޭ ސާބަހަށް ޤުރުއާން ސޯޝަލް މީޑިޔާގަ ޕްރޮމޯޓްކުރުމުގެ ޤާބިލްކަން ހުރުމާއި ބަލައިގެން ޤުރާން ކިޔަވަން ދަންނަ އިސްލާމްދީނުގެ ޙުކުމްތަކަށް ބޯލަނބައި ޙުރުމަތްތެރިކޮށްހިތާ އަޚުލާޤު ރަނގަޅު މީހަކަށްވުން ކަމަށްވެސް ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައެވެއެވެ.
ގުރްއާން އެމްބެސެޑަރުގެ މަސްއޫލިއްޔަތުތައް:
- އެކި ޤާރީންގެ ކިޔެވުން ސޯޝަލްމީޑިޔާގައި ދޭތެރެ ދޭތެރެއިން ޝެއަރ ކުރުން
- ޤުރުއާންގެ އާޔަތެއްގެ ތަރުޖަމާ އެކި ބަސްބަހުން މަދުވެގެން ކޮންމެ ހަފްތާއަކު އެއްފަހަރު ޝެއަރކުރުން
- ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުން.
- ޤުރުއާން ހިތު ދަސްކުރަން ހިއްވަރު ދިނުން.
- ޤުރުއާން މުދައްރިސެއް ނަމަ ފޭސްބުކް މެދުވެރިކޮށް މަދުވެގެން ދެމަހުން އެއްފަހަރު ޤުރުއާން ގަޑިއެއް ނަގައިދިނުން.
- އިސްލާމް މުދައްރިސެއް ނަމަ، މަދުވެގެން ދެމަހުން އެއްފަހަރު ފޭސްބުކް މެދުވެރިކޮށް އިސްލާމް ގަޑިއެއް ނަގައިދިނުން.
- މީގެ އިތުރުން ވެސް ޤުރުއާނާ ގުޅޭ ކަންކަން ސޯޝަލްމީޑިޔާގައި އެކި ބަސްބަހުން ފެތުރުން
ޑރ. ޝަހީމް ވިދާޅުވީ މިއީ ޝަރަފްވެރި މަސައްކަތެއް ކަމަށާއި ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ކަމަށެވެ.
"ޝައުޤުވެރިކަން ހުރި ފަރާތްތަކުން ކޮމެންޓްކުރާށެވެ. ޤުރުއާން އެމްބަސެޑަރ(ސަފީރުލްޤުރާން) ގެ މަޤާމަށް އެބޭފުޅަކު ޢައްޔަންކުރާނަށް. އެއަށް ފަހު، އެމީހަކު ބޭނުންކުރާ ސޯޝަލް މީޑިޔާގެ އެކައުންޓް ތަކުގައި ޤުއާން އެމްބަސެޑަރ ޖެހުމަކުން މައްސަލައެއްނެތް. މިއީ ޤުރުއާނަށް ޚިދުމަތްކުރާ ހާ ހިނދެއްގައި އުމުރަށް ބޭނުންކުރެވޭނޭ ލަޤަބެއް. މީގެ މަޤުޞަދަކީ ސޯޝަލް މީޑިއާގައި ﷲ ގެ ކަލާމްފުޅު މަތިވެރިކޮށް، ރާއްޖެއާއި ދުނިޔެއަށް އިސްލާމް ދީނާއި ޤުރުއާނުގެ މަތިވެރިކަމާައި ސަމާޙަތްތެރިކަން ފެތުރުން. ގިނަ ބަޔަކަށް ޤުރުއާން ވާޞިލްކޮށްދިނުން." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޤުރުއާން އެމްބަސެޑަރ ގޮތުގައި ޢަައްޔަންކުރަނީ އަލްޙާފިޒުލް އަލްޤާރީ ސުލްޠާން މުޙައްމަދު ލަޠީފެވެ. ޤުރުއާނުގެ ސަފީރުންގެ ގްރޫޕްގެ ރައީސަކަށް ހުންނާނީ އޭނާއެވެ.
ގުރުއާން އެމްބަސެޑަރ (ސަފީރުލްޤުރާން) ގެ ސޯޝަލް މީޑިއާ ލިންކްތައް:
ކޮމެންޓް (0)
ލޯޑް ކުރަމުން...