ރާއްޖޭގެ ޚަބަރު ކޮވިޑްއާއި ގުޅިގެން ދޮންދޫނީ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި

ކޮވިޑްއާއި ގުޅިގެން ދޮންދޫނީ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި

ކޮވިޑްއާއި ގުޅިގެން ދޮންދޫނީ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް19 އާއި ގުޅިގެން ދޮންދޫނި ލިޓްލް ލާރނާސް ޕްރީސްކޫލްގެ ފީން 10 އިންސައްތަ ކުޑަކޮށްދީފިއެވެ.

ފީ ކުޑަކޮށްދިންކަން އަންގާ އެސްކޫލްގެ ފަރާތުން ބެލެނިވެރިންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ ކޮވިޑް19 ފެތުރެމުންދާ މިދަނޑިވަޅުގައި ބެލެނިވެރިނަށް ލުއިކޮށްދިނުމުގެ ގޮތުން އޭޕްރީލްމަހާއި މެއިމަހުގެ ފީ ކުޑަކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިދެމަހުގެ ސްކޫލްފީއިން 10 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް އެސްކޫލުން ބުނެފައިވެއެވެ.

ދުނިޔޭގައި ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ ޚިދުމަތްތަކުގެ އަގުތައް ދަށްކޮށްފައިވާއިރު ބައެއް އަމިއްލަ ފަރާތްތަކުން ކުއްޔަށް ދީފައިވާ އެޕާޓްމަންޓްތަކުގެ ކުލިތައްވެސް އަންނަނީ ކުޑަކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.