ރާއްޖޭގެ ޚަބަރު ދުނިޔެއަކީ އިމްތިޙާނަކަށްޓަކައި ލައްވާފައިވާ ތަނެއް: ޑރ ޖަމީލް

ދުނިޔެއަކީ އިމްތިޙާނަކަށްޓަކައި ލައްވާފައިވާ ތަނެއް: ޑރ ޖަމީލް

ދުނިޔެއަކީ އިމްތިޙާނަކަށްޓަކައި ލައްވާފައިވާ ތަނެއް: ޑރ ޖަމީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔެއަކީ އިމްތިޙާނަކަށް ޓަކައި އަޅުގަނޑުމެން ލައްވާފައިވާ ތަނެއްކަމަށް ޑރ ޢަބްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ. ޑރ ޖަމީލް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ކޮވިޑް-19 ނަޞޭހަތް ވީޑިއޯ ސިލްސިލާގެ ވީޑިއޯ އެއްގައެވެ.

ނަސޭހަތް ކޮޅު ފައްޓަވާފައި ވަނީ ދުނިޔޭގައި އުޅޭއިރު އަޅުގަނޑު މެންނަށް ކަންތައް ތަކެއް ކުރިމަތި ވާނެކަމަށާއި އެއީ ދުނިޔެއަކީ އިމްތިޙާނަކަށް ޓަކައި އަޅުގަނޑުމެން ލައްވާފައިވާ ތަނެއްކަމަށް ވާތީކަމަށެވެ. އަދި ދުނީޔޭގައި އުޅޭއިރު ދިމާވާ ކަންކަމަށް މާޔޫސް ނުވުމަކީ އަޅުގަނޑު މެން ކުރަން ޖެހޭނެކަމެއްކަމަށް ވިދާޅުވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ "ބައެއްފަހަރަށް ބައެއް ބޭފުޅުނަށް ކަންކަން ދިމާވުމުން މާޔޫސްއެބަވޭ އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު މެން ކޮށްގެންވާނެ ކަމެއްނޫން. އެއީ ﷲ ކީރިތި ޤުރުޢާނުގައި އަންގަވާފައިވާ ގޮތުން މުއުމިނުންގެ ކިބައިގައި ހުރެގެނެ ވާނެ ސިފައެއް ނޫން. އެއީ ﷲއަށް އީމާންނުވާ ޣައިރު މުސްލިމުންގެ ކިބައިގައި ހުންނަ ސިފައެއް." ކަމަށެވެ.

"ދުނިޔޭގައި އުޅޭއިރު ތަފާތު ކަންކަމާއި ދިމާވާނެއެވެ. ބައެއްފަހަރު ރަނގަޅު ކަންކަމާއި ދިމާވާނެ، ހިތްހަމަ ނުޖޭހޭ ކަންކަމާއި ވެސް ދިމާވާނެ، ކޮންމެ ފަދަ ކަމެއް ދިމާވިކަމަށް ވިޔަސް އެއަށް އީމާން ވާންޖެހޭ ނުވަތަ ކެތްތެރިވާން ޖެހެއެވެ. ސަބަބަކީ ކެތްތެރި ވާމީހުނަށް ސުވަރުގޭގައި ނިޢުމަތްތަކެއް ﷲ ލައްވާފައިވޭ އަދި ކެތްތެރި ނުވާމިހުނަށް ނުވަތަ ﷲގެ ރަޙްމަތުން އުންމީދު ކަނޑާލާ މީހުންނަކީ ﷲއަށް ފުރިހަމަ އަށް އީމާންވާ ބަޔަކަށް ނުވާ." ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

އަދި ނިންމާލަމުން ވިދާޅުވެފައިވަނީ ދިމާވާ ކޮންމެ ކަމެއްގައި އުންމީދާ އެކު އެކަމަކުން ސަލާމަތް ވުމަށް އެދި ދުޢާ ކުރަންޖެހޭކަމަށެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.