މިޙާލަތުގައި މިސްކިތަށް ދާއިރު އެންމެ ރަނގަޅީ ގެއިން ވުޟޫކޮށްގެން ދިއުން ކަމަށް އައްޝެއިޙް ޙަސަން ތައުފީޤް ވިދާޅުވެއްޖެއެވެ.
ޝެއިޙް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކޮވިޑް-19 އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާގެ ވީޑިއޯއެއްގައެވެ.
މިވީޑިއޯ ގައި އިތުރަށް ވާހަކަ ދައްކަވަމުން ޝެއިޙް ޙަސަން ތައުފީޤް ވިދާޅުވެފައި ވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސަލަމް އިރުޝާދު ދެއްވާފައިވަނީ ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމަށް ކަމަށާއި އަދި އެކަމުގެ ފައިދާއަކީ ގޭގައި ވުޟޫ ކުރާއިރު އަޅުގަނޑުމެން އަތްލާން ހުންނާނީ އަޅުގަނޑުމެން އަބަދު އަތްލާ އިސްކުރު ކަމަށާއި އެހެންމީހަކު އެއަކު އަތެއް ނުލާނެކަމަށެވެ. އަދި ވިދާޅުވިއެވެ. އެހެން ވީމާ ރައްކާތެރިކަން އެންމެ ބޮޑީ އެގޮތެވެ.
އިތުރަށް ވާހަކަ ފުޅުދައްކަވަމުން ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްޅުޅުން އެނގޭ ގޮތުގައި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދާން އަޅާ ކޮންމެ ފިޔަވަޅަކަށް އެއްފިޔަވަޅުން ތިމާގެ ކުދި ފާފަތަކުން ފާފައެއް ފުހެވިގެން ދެއެވެ. އަދި އަނެއް ފިޔަވަޅުން އޭނާގެ ދަރަޖަ އުފުލިގެން ދެއެވެ.
އަދިވެސް ވިދާޅުވިއެވެ. "މިފަދަ މަތިވެރިކަން އޮއްވާ މިސްކިތުން ވުޟޫކުރުމުގެ ބަދަލުގައި ގެއިން ވުޟޫކޮށްގެން ދިއުން އަޅުގަނޑުމެންނަށް އެންމެ ރަނގަޅީ"
އަދި މިދުވަސްވަރު މިސްކިތަށް ދާއިރު ބަލަންޖެހޭ އަނެއްކަމެއްގެ ގޮތުގައި ވިދާޅުވީ މުސްކުޅިންނާއި ކުޑަކުދިން ރމިދުވަސްވަރު މިސްކިތަށް ދިއުން ރަނގަޅުނޫން ކަމަށާއި ސަބަބަކީ މިވައިރަސް އެންމެ ބޮޑަށް ގާތްވަނީ މުސްކުޅިންނާއި ކުޑަކުދިންނާއި ކަމަށް ވާތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...