ރާއްޖޭގެ ޚަބަރު މިފަދަ ޙާލަތުގައި ގޭގައި ނަމާދުތަށް ކުރުމަށް އިލްތިމާސް ކުރަން: ޝެއިޙް އަލީ ޒާހިރު

މިފަދަ ޙާލަތުގައި ގޭގައި ނަމާދުތަށް ކުރުމަށް އިލްތިމާސް ކުރަން: ޝެއިޙް އަލީ ޒާހިރު

މިފަދަ ޙާލަތުގައި ގޭގައި ނަމާދުތަށް ކުރުމަށް އިލްތިމާސް ކުރަން: ޝެއިޙް އަލީ ޒާހިރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިފަދަ ޙާލަތެއްގައި ގޭގައި ނަމާދުތަށް ކުރުމަށާއި ގިނަގިނައިން އިސްތިޣްފާރު ކުރުމަށާއި ގިނަގިނައިން ތައުބާވުމަށާއި އެކަލާންގެ މަގަށް އެނބުރި ރުޖޫޢަވުމަށް އެންމެހާ ބޭފުޅުނަށް އިލްތިމާސް ކުރައްވާ ކަމަށް އައްޝައިޙް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޝެއިހް މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާގެ ވީޑިއޯ އެއްގައެވެ.
ޝެއިޙް ގެ މިނަސޭހަތް ކޮޅު ފައްޓަވަމުން ވިދާޅުވެފައި ވަނީ އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށް ހުރިހާ ތަނަކަށް ހުރިހާ ޙާލަޔަކަށް އެންމެ އެކަށީގެންވާ ގޮތަށް ޝަރުޢުކުރައްވާފައިވާ ދީން ކަމުގައި ވިދާޅުވަމުންނެވެ.

ޝެއިޙް އަލީ ޒާހިރު އިތުރަށް މިވީޑިއޯ ކޮޅުގައި ވިދާޅުވެފައިވަނީ "އެއްވެސް ބޭފުޅަކު ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް މިއަދު ދިމާވެފައި މިވާ ޙާލަތުގައި އަޅުގަނޑުމެން ގޭގައި ނަމާދު ކުރި ކަމުގައިވިޔަސް އަޅުގަނޑުމެނަށް ﷲދެއްވާ ޡަވާބާއި ދަރުމައިން އެއްވެސް އެއްޗެއް އުންޏެއްނުވާނެ. މާތް ރަސޫލާ ޞައްލަﷲ ޢާލައިހި ވަސައްލަމްގެ ބަސްފުޅުތަކުން އެނގޭ މީހަކު ބަލިވެގެން ނުވަތަ ދަތުރެއްގެ މަތީގައި އުޅެން ހަދައިގެން އެމީހަކު ޢާންމު ގޮތެއްގައި ކޮށް ހަދާ ސުންނަތް ނަމާދުތަކާއި ކަންކަން ހުއްޓާލަން ޖެހޭ ޙާލަތުގައިވެސް ﷲ އެމީހާއަށް ހަމަ ފުރިހަމަ ދަރުމައާއި ޡަވާބު ދެއްވާ" ކަމަށެވެ.

ނިންމަވާލައްވަމުން ޝެއިޙް ވިދާޅުވެފައި ވަނީ އެހެންވީމާ ﷲގެ ރަޙަމްތަށް އެދިގެން ނަމާދުތަކަށް ރައްކާތެރި ވުމަށާއި ހެޔޮކަންކަމުގައި މަޝްޢޫލުވެ އުޅުމަށް ނަސޭހަތް ތެރިވާކަމަށެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.