ރާއްޖޭގެ ޚަބަރު

"ކްލެވަރ ކިޑްސް"ގެ ނަމުގައި އަލީ ރަމީޒުގެ ހާއްސަ ޕްރޮގްރާމެއް ކުޑަކުދިންނަށް!

"ކްލެވަރ ކިޑްސް"ގެ ނަމުގައި ކުޑަކުދިންގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް އަލީ ރަމީޒް އިޢުލާނު ކުރައްވައިފިއެވެ. މިކަން އޭނާ އިޢްލާނު ކުރައްވަފާއިވަނީ ސޯޝަލްމީޑިއާގައެވެ.

މިކަމުގެ އިތުރު މަޢުލޫމާތު ހިއްސާ ކުރައްވަމުން އަލީ ރަމީޒް ވިދާޅުވެފައިވަނީ މިޕްރޮގްރާމް އަކީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށާއި އެކުދިންނަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި އޭނާގެ ޔޫޓިއުބް ޗެނަލްއިން ކުރިއަށް ގެންދާނެ ޕްރޮގްރާމެއްކަމަށެވެ.

މިޕްރޮގްރާމް 2މަސް ދުވަހަށް ދެމިގެން ދާނެ ކަމަށާއި މިޕްރޮގްރާމްގައި ބައިވެރިވެވޭނެ އުމުރުފުރާއަކީ 10 އަހަރުން ދަށް ކަމަށްވެސް އަލީ ރަމީޒް ވިދާޅުވިއެވެ. އަދި މިޕްރޮގްރާމްގައި ކުދިން ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކުން ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމާއި އަދި ދުޢާ ކިޔުން ލޭންޑްސްކޭޕް ކޮށް ވީޑިއޯ ރިކޯޑް ހެއްދެވުމަށް ފަހު އޭނާގެ ޓެލެގްރާމް އެކައުންޓަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ. އަދި ރިކޯޑިން 1މިނެޓަށް ވުރެ ދިގު ނުކުރެއްވުމަށް އެދި ފައިވެއެވެ.

އަދި މިކަމަށް ތުއްތު ކުދިންގެ މައިންބަފައިންގެ އެއްބާރުލުމާއި ތަރުޙީބު ލިބޭނެކަމަށް އުއްމީދު ކުރަށްވާކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *