ރާއްޖޭގެ ޚަބަރު

މުފްތީ މެންކްވެސް ޤުރުއާން ޗެލެންޖުގައި ބައިވެރިވެއްޖެ

ކޮވިޑް19 އާއި ގުޅިގެން ތަފާތު ޗެލެންޖުތައް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި ޑރ ޝަހީމް ފެއްޓެވި ޤުރުޢާން ކިޔެވުމުގެ ޗެލެންޖުގައި ދުނިޔޭގެ މަޝްހޫރު އިލްމްވެރިޔާ މުފްތީ މްންކް ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ޝެއިޚް މެންކްގެ ވީޑިއޯ އަކީ މިހަރަކާތުގައި ބައިވެރިވުމަށް ޑރ ޝަހީމްގެ އެދިލެއްވުމުގެ މަތިން ފޮނުވާފައިވާ ވީޑިއޯ އެކެވެ. ޝެއިޚް މުފްތީ މެންކް ވަނީ ޤުރުއާން ޗެލެންޖްގައި ޒަލްޒަލާ ސޫރަތް ކިޔަވާވިދާޅުވެފައެވެ. ރީތި ރާގަކަށް މެންކް ކިޔަވާ ވިދާޅުވި މި ވީޑިއޯ ގިނަ ބަޔަކު ދަނީ ޝެއާރކުރަމުންނެވެ. ޑރ ޝަހީމް ވަނީ މިވީޑިއޯ ހިއްސާކުރެއްވިކަމަށް މެންކް އަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ ޝަހީމް ފެއްޓެވި ޤުރުއާން ޗެލެންޖްއަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިމުންނެވެ. އަދި މިހާރުވެސް އެ ޗެލެންޖް ޤަބޫލުކޮށް، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޤުރުޢާން ކިޔަވާ ވީޑިއޯތައް ޕޯސްޓް ކުރަމުންނެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ވީޑިއޯ ޝެއާރކޮށްފައިވާއިރު އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ މިޗެލެންޖްގައި ބައިވެރިވަމުންނެވެ.

މި ޗެލެންޖްގެ ސަބަބުން ޤުރުޢާނަށް އޮތް ލޯބި ފެނިގެންދެއެވެ. ވޭތުވެދިޔަ ދެ ދުވަހު ސޯޝަލް މީޑިއާ ފުރާލާފައިވަނީ މިޗެލެންޖްގެ ވީޑިއޯ ތަކުންނެވެ.

މި ޗެލެންޖާއި އެކު ޑރ ޝަހީމް ކުރިއަށްގެންދަވާ ތަފްސީރު ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ރޭ ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ތަފްސީރު ޕްރޮގްރާމް 18،000 މީހުން ވަނީ ބަލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *