ދުނިޔެ މުސްތަޝާރަށް ކޮރޯނާ ޖެހުމުން ނަތަންޔާހޫ ކަރަންޓީނުގައި

މުސްތަޝާރަށް ކޮރޯނާ ޖެހުމުން ނަތަންޔާހޫ ކަރަންޓީނުގައި

މުސްތަޝާރަށް ކޮރޯނާ ޖެހުމުން ނަތަންޔާހޫ ކަރަންޓީނުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަތަންޔާހޫގެ މުސްތަޝާރާ އަކަށް ކޮރޯނާ ޖެހުމުން ނަތަންޔާހޫ ކަރަންޓީނުކޮށްފައިވިއެވެ.

ސަހުޔޫނީ ދަޢުލަތެއް ކަމުގައިވާ އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ކަރަންޓީނުކޮށްފައިވަނީ ޔަހޫދީ ދީނުގެ ކަންކަމުގައި ނަތަންޔާހޫއަށް ލަފާދޭ އަންހެނެއް ކަމުގައިވާ ރުބެކާ ބޮލްވޮޝް އަށް ކޮރޯނާ ޖެހުނުކަން ޔަގީން ވުމާއި ގުޅިގެންނެވެ.

ނަތަންޔާހޫގެ މުޝްތަޝާރަށް ކޮރޯނާ ޖެހުމުގެ ސަބަބުން ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ސަރުކާރުގެ އިސް އެތައް ބަޔަކުވެސް ވަނީ ކަރަންޓީނުކޮށްފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެމީހުންގެ ޓެސްޓުތައް ހެދުމަށްފަހު 14 ދުވަހު ކަރަންޓީނުގައި ބައިތިއްބާނެއެވެ.

އިޒްރޭލުގައި ބާރު މިނެއްގައި ކޮރޯނާ ފެތުރެމުންދާކަމަށް އިޒްރޭލުގެ ނޫސްތަކުން ޚަބަރުދޭއިރު ކޮރޯނާ ޖެހިފައިވާ މީހުންގެ އަދަދު ރަސްމީ އަދަދަށް ވުރެ އިތުރުވާނެކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ. އިޒްރޭލުގައި ކޮރޯނާ ޖެހިފައިވާ މީހުންގެ އަދަދު 4347 އަށް އަރާފައިވާއިރު ކޮރޯނާއަށް ޓެސްޓުކުރުން މަދުކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.

ކޮރޯނާ ޖެހިގެން އިޒްރޭލުގައި މިހާތަނަށް 16 މީހުން ވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.