ރާއްޖޭގެ ޚަބަރު ޤުރުއާނުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔަވާށެ: އުސްތާޒާ އަނާރާ

ޤުރުއާނުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔަވާށެ: އުސްތާޒާ އަނާރާ

ޤުރުއާނުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔަވާށެ: އުސްތާޒާ އަނާރާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުއާނުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔެވުމަށް އުސްތާޒާ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
އުސްތާޒާ އަނާރާ މިހެން ވިދާޅުވީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

މިޓްވީޓްގައި އުސްތާޒާ އަނާރާ ވިދާޅުވެފައިވަނީ "ކީރިތި ޤުރުއާނުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔެވާށެ، އަދި މާނަ އުނގެނެން ވަގުތު ދޭށެ، އަދި އެގޮތަށް ޢަމަލު ކުރާށެ" މިހެނެވެ. އަދިވެސް ވިދާޅުވެފައިވެއެވެ. "ޤުރްއާނާއި ސުންނަތުގައި ވާގޮތަށް ޢަމަލުކުރާ މީހާ ގެއްލެނިވެގެން ނުދާނެއެ، އިންޝާ ﷲ"

އުސްތާޒާ އަނާރާ ނަޢީމް ކީރިތ ޤުރުއާން ކިޔެވުމަށް ވަގުތު ހޭދަކުރުމަށް ގޮވާލައްވާފައިމިވަނީ ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ޙަތިމް ކުރުމުގެ ޗެލެންޖެއް
ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

އަދި ޑރ ޝަހީމް ފެއްޓެވި މި ޗެލެންޖަށް އަންނަނީ ޢާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ތުއްތު ކުދިންނާއި ބޮޑެތިމީހުން ޙާފިޡުންނާއި ޤާރީންގެ ތަރުޙީބު އަންނަނީ މިކަމަށް ލިބެމުންނެވެ. ގޭގައި ތިބުމަށް ކަމާއި ބެހޭ ފަރާތްތަކުން ގޮވާލަމުން އަންނައިރު ވަގުތުގެ ބޭނުން ހިފުމަށް މިއީ ކޮށްލަން ރަނގަޅުކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.