ކެއުމުގެ ކުރިން އަތް ދޮވުމަށް އިސްލާމް ދީނުގައި އިރުޝާދު ދެއްވާފައިވާކަމަށް ޝެއިޚް އަހްމަދު މަޢުމޫން ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯއެއްގައި “ކެއުމުގެ ކުރިން އަތް ދޮވުން” އެ މައުޟޫގެ ދަށުން ވާހަކަދައްކަވަމުން ޝެއިޚް މަޢުމޫން ވިދާޅުވީ ﷲ ސުބްހާނަހޫ ވަތަޢާލާ ރިވެތިކަމަށް ލޯބިވޮޑިގެންވާކަން އެއީ އިންސާނުންނަށް ދެއްވާފައިވާ ވަރަށް އަގު ބޮޑު ހަދިޔާއެއް ކަމަށާއި އެއީ ވަރަށް ބޮޑު ރަހުމަތެއް ކަމަށެވެ.
"އިސްލާމް ދީނުގައި އިރުޝާދު ދެއްވާފައިވޭ އެންމެ ފުރަތަމަ ކަމަށް ސާފުތާހިރުކަމުގެ ތެރެއިން ފުރަތަމަ އަންނަނީ އަތް ދޮވުމުގެ ވާހަކަ. އެގޮތުން ނިދާ ހޭލާފައި އެންމެ ފުރަތަމަ ކަމަށް އަތްދޮންނަންޖެހޭަ. ކެއުމުގެ ކުރިންވެސް ރަނގަޅަށް އަތް ދޮންނަން ޖެހޭ. އަދި ކެއުމަށްފަހުވެސް ރަނގަޅަށް ސާފުކުރަންޖެހޭ." ކަމަށް ވީޑިއޯގައި ވާހަކަ ދައްކަވަމުން ޝެއިޚް މަޢުމޫން ވިދާޅުވިއެވެ.
ޝެއިޚް މަޢުމޫން އިތުރަށް ވިދާޅުވީ "ކާން ފެށުމުގެ ކުރިން އަތް ދޮވުމަށް ފަހުގައި އިސްލާމް ދީނުގައި އަތް ހިއްކުން އެއީ އޮންނަ ކަމެއް ނޫން." ކަމަށާއި "ކެއުމުގެ ކުރިންވެސް އަދި ފަހުންވެސް އަތް ދޮވުމުގައި އެބަ އޮތް ހިކުމަތްތަކެއް އެބައޮތް. ފަގީރުކަމަށް ރައްކާތެރިކަމަށް ލިބިގެންދާ ބާރަކަށް އަތް ދޮވުން ހިމެނިގެންދޭ. އަދި ބަލިތަކުން ރައްކާތެރިވުމަށް އޮތް ބާރަކަށް އަތް ދޮވުން ހިމެނިގެންދާ." ކަމަށެވެ.
ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ޝެއިޚް މަޢުމޫނު އިލްތިމާސްކުރައްވަމުން ވިދާޅުވީ އެއީ އިސްލާމް ދީނުގެ ރިވެތި އިރުޝާދުގެ ތެރޭގައި ބަޔާން ކުރައްވާފައިވާ ކަންތައްތައް ކަމަށެވެ.

















ޚިޔާލު