ރިޕޯޓް ދެންވެސްކިޔަނީ އިސްލާމުންނެވެ.

ދެންވެސްކިޔަނީ އިސްލާމުންނެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : އުންމު މުސްއަބު

ޤައުމުގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަށްވަމުން ދާ ވާހަކައަކީ މެދުކެޑުމެއް ނެތި އަޅުގަޑުމެން އަހަމުންދާ ވާހަކަ ތަކެކެވެ. އިޤްތިސާދީ ގޮތުން ޤައުމު ހީނަރުވަމުންދާ ވާހަކަ އާއި، އިޖުތިމާއީ ގޮތުން މީހުންގެ އަހުލާޤަށް އަންނަ ބަދަލު ތަކުގެ ވާހަކައަކީ އަޅުގަޑުމެން ރެއާއި ދުވާލު މެދުކެޑުމެއްނެތި ދައްކަމުންދާ ވާހަކައެވެ. މީޑިއާގަ ވެސް މިފަދަ ކޮންމެ ސުރުހީ އެއްދަނީ ރަތްއަކުރުން ފަވާނަގަމުނެވެ. މިފަދަ ކޮންމެ ކަމެއްގައި މިކަމުގެ މާހިރުން ގެނެސް ދެތިން ގަޑިއިރު ވަން ދެން ދަނީ ބަހުޘްކުރެވެމުންނެވެ. އެހެންނަމަވެސް ދީނީ ގޮތުން ވާހަކަ ދައްކަން ޖެހޭ އެއްވެސް މަސަލައް އެއްގައި އަޅުގަޑުމެން ގެ މީޑިއާތަށް މިދަނީ ފޭލް ވަމުންނެވެ.

އަޅުގަޑު މިހުރިހާ ހާސަރެއް މި ދަމަނީ މިއަދު ކުރިއަށް މިދާ ޓެލެތޯން އާއި މިޔުޒިކް ޝޯތަކަށް މީޑިއާ އިން ދެއްވާ ހިއްވަރާއި އެއްބާރުލުން ފެނި އަޖައިބު ވާ ހާލުގައެވެ. އަޅުގަޑުމެންނަކީ މުސްލިމުންނޭ ކިޔާ، އަގަ ހުޅުވާލާއިރު ތިމާމެންގެ އަމަލު ތަށް ހުންނަގޮތާދޭތެރޭ ވިސްނާލުން މުހިންމެއް ނޫންބާއެވެ.

ޖަޕާނަށް ކުރިމަތިވި ކާރިސާ އަށް އެހީ ތެރިވުމަށްޓަކައި ބާއްވަމުން ދާ ޓެލެތޯން އަކީ އަޅުގަޑަށް ވިސްނޭގޮތުން މުޅީން ލާދީނީ ފިކުރުގެ އަމަލު ތަކެއްއެކުލެވޭ ކަމެކެވެ. ހިތާމައަކީ މިކަމާ ބެހޭގޮތުން އެއްވެސް ދީނީ އިލްމުވެރިއެއްގެ ބަހެއް ނުވަތަ އިންޓަވިއުއެއް ވެސް އަޑުނީވޭކަމެވެ. މިފަދަ ބޮޑެތި ލާދީނީ ކަންތަކަށް ސަޕޯޓް ދޭ ބަޔަކު އުޅޭފަދައިން މިކަމާ ދެކޮޅު ނުރުހުންވާނެ އެތައްބަޔަކު މިޤައުމުގައި އުޅޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އަޅުގަޑުގެ ސުވާލަކީ މި އެންމެން ކޮބައި ބާއެވެ. ދީނާ ދެކޮޅަށް ކަމެއްކުރާހިދު ތަންތަނަށް އެއްވެ ބޮޑެތި ބެނާރތަށް ހަދައިން ހަޅޭލަވަމުން ދިޔަ ދީނީފިކުރުގެ ޒުވާނުނަތައްކޮބައިބާއެވެ. އަޅެފަހެ އެބައިމީހުން މީ މުހިންމުކަމެއްކަމަށް ނުދެކެނީތޯއެވެ. ދީނީޖަމިއްޔާތަކުގެ ވާޖިބަކީ ގައުމުގައި ނޭދެވޭ ކޮންމެ އަމަލެއް ހިގާއިރަށް ނޫސްބަޔާނެއްނެރެލުމަށްފަހު މިކަމާ ވިސްނަމުން އެބަގެންދަމޭ ބުނެލާފަ ތިބުންތޯއެވެ.

ކޮބައިތޯ ދީނީ ދަންނަބޭކަލުން، ޕޯޑިއަމް ތަކަށް އަރާ އެ،މުގުރެންދެން ވާހަކަދައްކަން ތިބައްވާ މިއަދުގެ ޝެއިހުންތައް ކޮބައިތޯއެވެ. ހުކުރުދުވަސް ވީމަ ގޭގަ ހަމަ ތިއްބަވަނީތޯއެވެ. ހަމައެކަނި އަރާމުކޮލަން ލިބޭނެ ދުވަހޭބުނެލާފަ ނިންމާލައްވަނީތޯއެވެ. ހުރިހާ ޢިލްމުވެރިންނާ "ޗެލެންޖް" ކުރައްވާފަ ޑރ. އަފުރާޝީމް ދެއްކެވި ވާހަކަ އަށް ރައްދު ދެއްވާނެ ޢިލްމު ވެރިއެއް ހަމަ ނެތީ ތޯއެވެ. ހިތާމަހުރި، ކިތަންމެހާވެސް ހިތާމަ ހުރި. ތިތަނުން އެންމެ ބޭފުޅަކުވެސް މިހިގާހުރިހާކަމަކާ އިދިކޮޅަށް ނުކުމެވަޑައިގެން ފަހެއްބަލަވާ ލައްވާށެވެ. ތިޔަ ބޭފުޅުންނާ އެކީ އަޅުގަޑުމެންފަދަ ކިތަންމެ ޒުވާނުންނެއް ތިބޭނެކަމީ އަޅުގަޑަށް ޔަޤީން ވެ ކަށަވަރުވާކަމެކެވެ.

މާތްﷲ އަޅުގަޑަށާއި ތި އެންމެހާ އަޚުންނާއި އުޚްތުން ނަށް ސާބިތުކަން ދެއްވާށި. އާމިން.

ޓެގް

ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.