ކޮވިޑް-19 އާއި ގުޅިގެން މީސްމީޑިޔާގައި އެކި ފަރާތްތަކުން ތަފާތު ޗެލެންޖްތައް ކުރަމުން އަންނަނިކޮން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖެއް ފައްޓަވައިފިއެވެ.
ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ޤުރުއާން ކިޔަވައި ނިންމުމުގެ ޗެލެންޖަކަށް ތައްޔާރީ ކޮން ކުދިންނެއްތޯ ސުވާލު ކުރައްވާފައެވެ.
"ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ. އަޅުގަނޑު ފަށާނަން. އިންޝާﷲ"
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުކަން ކުރައްވަމުން އަންނަ ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުނަ ޑރ ޝަހީމް ބުނެފައިވަނީ މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީކަމަށާއި މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެކަމަށެވެ.
ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން. ކުރިއަށް ގެންދަވާށެވެ. ރީތިކޮށް ކިޔަވާ ޒުވާނުން ބައިވެރިވާށެވެ. ކޮންމެވެސް މިންވަރެއް ކިޔަވާފައި ސޯޝަލްމީޑިޔާއަށް ލައްވާށެވެ. އެންމެން ބައިވެރިވާށެވެ. ކޮންމެ ރާގަކަށް ކިޔެވުނުނަސް އެންމެ ރަނގަޅެވެ. ޤުރުއާން މުދައްރިސުން. އިމާމުން. ޤާރީން ބައިވެރިވާށެވެ.
މީސްމީޑިޔާގައި ޑރ ޝަހީމް ލިއުއްވާފައިވެއެވެ.
Mulhi Quruan kiyavai nimmumuge challenge ah kon kudhineh ready!? Social media Qur'an in furaalamaa! Alhugandu fashaanan. Insha Allah#QuranChallenge#stayAtHome#Covid_19
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 29, 2020
ކޮވިޑް-19 އާއި ގުޅިގެން އާއްމުން ގޭގައި ތިބެން ސަރުކާރުން އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާ ދެއްވަމުން ގެންދަވާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން ތިން ބިލިއަނެއްހާ މީހުންނަށް މިހާރު ވަނީ ތަފާތު ފިޔަވަޅުތަކުގެ ސަބަބުން ގޭގައި ތިބެން މަޖުބޫރު ވެފައެވެ.
#ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެގައި ރާއްޖޭގެ ސިޔާސީ އިސްފަރާތްތަށްވެސް އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުނަ މި ޗެލެންޖްގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލިސް ރައީސް އަދި ބައެއް ވަޒީރުންނާއި، ބައިވެރިވެފައިވެއެވެ.

















ޚިޔާލު