މިއީ ދުނިޔެއަށް ﷲ ފޮނުއްވެވި ފިލާވަޅެއްކަމަށް ޖަމްޢީޔަތުއް ސަލަފްގެ ރައީސް އައްޝެއިޙް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝެއިހް މިހެން ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެޓްވީޓްގައިވަނީ "އެންމެހާ މުސްލިމުންނަށް އުފާވެރިކަން ހުރި! މިއީ ދުނިޔެއަށް ﷲ ފޮނުއްވެވި ފިލާވަޅެއް، ކެތްތެރިންނަށް ދަރުމަހުރި، ވިސްނާ ބަޔަކަށް ޢިބްރަތް ހުރި" މިހެންނެވެ.
އަދިވެސް އިތުރަށް ލިޔުއްވާފައިވެއެވެ. "ޔައުޖޫޖު މައުޖޫޖު ނިކުތުމަށްފަހުވެސް ކަޢުބަތުއްﷲ ގެފުޅަށް ޙައްޖާއި ޢުމްރާވެސް ކުރެވޭނެ ކަމަށް އުއްމަތުގެ ނަބިއްޔާ ވަނީ ޚަބަރު ދެއްވާފައި"
މިދުވަސްވަރު ފެތުރެމުން މިދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19އާއި ގުޅިގެން ތަކުރާރުކޮށް މިފަދަ ހަނދާން ކޮއްދިނުންތަށް ދީނީ ޢިލްމުވެރިން މިދަނީ ހަނދާން ކޮށްދެމުންނެވެ.
ޚިޔާލު