ރާއްޖޭގެ ޚަބަރު ޖަމާޢަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

ޖަމާޢަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

Jama'athugai Namadhu Nukura Muhdhathu Ithurukohfi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަޙައްދާއި ރިސޯޓު ތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރަން އަންގާފައި އޮތް މުއްދަތު އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިކަން އިޢުލާނުކޮށްފައި މިވަނީ މިއަދުގެ ވަގުތެއްގައި އެމިންސްޓްރީ ނެރުއްވާފައިވާ ސަރކިއުލަރ އެއްގައެވެ.

ދުނިޔޭގައި ހަކުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން 18މަރޗް އިން ފެށީގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގައި ވަނީ ޖަމާޢަތް ހަދައިގެން ނަމާދުކުރުން ވަނީ މަނާކުރެވިފައެވެ. މިއަދު ނެރުއްވެވި ސަރކިއުލާގައި މިވަނީ އެމުއްދަތު އިތުރު ކުރައްވާފައެވެ.

މިއަދުގެ ސަރކިއުލާގައިވާ ގޮތުން މިފެށޭ އޭޕްރީލް މަހުގެ 4ވަނަ ދުވަހާއި ހަމައަށް މިސްކިތްތަކުގައި ޖަމާޢަތް ހެދުން މިވަނީ މަނާ ކުރެވިފައެވެ. ނަމަވެސް މިސްކިތްތަށް ހުޅިވިފައި ހުންނާނެ ކަމަށް މިސަރކިއުލާގައި ވެއެވެ.

މިފަދަ ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކެކެވެ. އެހެން ކަމުން އަމިއްލަ ފަރުދުންވެސް ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.