500 އަހަރަށް ފަހު އަންދަލުސްގެ ޖައްވުގައި ބަންގީގެ އަޑު؟ ހަގީގަތަކީ ކޮބާ؟

ޙަސްނާ އަޙްމަދު

އަންދަލުސް ނުވަތަ ސްޕެއިންގައި އަޑުހަރުކޮށް ނުވަތަ ތާޅަފިލި ބޭނުން ކޮށްގެން ބަންގި ގޮވުން މަނާ ކޮށްފައި އޮންނަތާ 500 އަހަރަށް ފަހު އެޤައުމުގައި ތާޅަފިލި ބޭނުން ކޮށްގެން އަޑު ހަރުކޮށް ބަންގި ގޮވުމުގެ ހުއްދަ އެ ޤައުމުގެ ސަރުކާރުން ދީފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ޚަބަރު ފެތުރެމުންނެވެ.

މިވީޑިއޯއަކީ ހަގީގަތެއް ނޫންކަމަށް ބުނެ ސްޕޭންގެ ޝެއިޚެއް ކަމުގައިވާ މުހައްމަދު އިދްރީސީވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ. އެވީޑިއޯގައި ޝެއިޚް މުހައްމަދު ވިދާޅުވެފައިވަނީ އެވީޑިއޯއިން ފެންނަނީ ސްޕޭން ކަމުގައިވިޔަސް ސްޕޭންގައި ބަންގި ގޮވުން މަނާ ނޫންކަމަށެވެ. އެގޮތުން މިސްކިތްތަކުގައި ބަންގި ގޮވުމަށް މައްސަލައެއް ކުރިމަތިނުވާކަމަށާއި މައިކު ބޭނުންކޮށްގެން ބަންގި ދޭކަމަށެވެ. މިވީޑިއޯގައި އެފަދަ މިސްކިތްތަކުގެ ފޮޓޯވެސް ހިމަނާފައިވެއެވެ.

ޝެއިޚް މުހައްމަދު އިދްރީސީ ވިދާޅުވީ ބައެއް ފަހަރު ސޯޝަލް މީޑިއާއިން ފެންނަ އެއްޗެހި ޖަޒުބާތުގައި ޖެހި ޝެއާރ ކުރެވޭ ކަމަށާއި އެފަދަ ޚަބަރުތައް ޝެއާރ ކުރުމުގައި ސަމާލުވާންޖެހޭކަމަށެވެ.

އަންދަލުސް ނުވަތަ ސްޕޭން ގައި ގިނަ އަދަދެއްގެ މުސްލިމުން އުޅެމުންދާއިރު ސްޕޭންގައި މިސްކިތްތައް ބިނާކޮށްފައިވެއެވެ. އަދި ބަންގީގެ އަޑު ބައެއް މުސްލިމް އަވައްތަކުން ގުގުމަމުންދެއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.