އަރަބިދުނިޔެ ސައުދީއިން ކޮވިޑް19 ޖެހިގެން ފުރަތަމަ މީހާ ނިޔާވެއްޖެ

ސައުދީއިން ކޮވިޑް19 ޖެހިގެން ފުރަތަމަ މީހާ ނިޔާވެއްޖެ

ސައުދީއިން ކޮވިޑް19 ޖެހިގެން ފުރަތަމަ މީހާ ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިޔާ އިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން މީހަކު މިއަދު މަރުވެއްޖެއެވެ. މިއީ މިބައްޔާއި ގުޅިގެން ސައުދީއިން މީހަކު މަަރުވި ފުރަތަމަ ފަހަރެވެ. 

މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އަފްގާން ރައްޔިތެކެވެ. ސަޢުދީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު އަބްދުލްއަލީ ބުނެފައިވަނީ މަދީނާގެ ހޮސްޕިޓަލެއްގެ ކުއްލި ފަތުވާ ދޭ ކޮޓަރިއަށް ގެންދެވުނު އިރުވެސް އެމީހާގެ ހާލު ވަރަށް ދެރަކަމަށެވެ. ޢެމީހާ މަރުވެފައިވަނީ ހޯމަދުވަހު ގެ ރެއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީއިން ވަނީ އިތުރު 205 މީހަކަށް މިއަދު ވައިރަސް ޖެހިފައިވާކަމަށް ބުނެފައެވެ. މިވަގުތު ސައުދީގައި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 767 މީހަކު އެބަތިއްބެވެ.

މިއަދު ކަމާ ބެހޭ ފަރާތްތަކުގެ އެންގުންތަކަށް ބޯނުލަންބާ މީހުން 1000 ރިޔާލުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ސައުދީ އިން ވަނީ 21 ދުވަހުގެ މުއްދަތަށް ކާރފިއު އިއުލާނު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.