ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އިރުޝާދުތަކަށް ބޯލެނބުމަށް ޝެއިޙް މުޙައްމަދު އަނީލް ގޮވާލައްވައިފިއެވެ.
ޝެއިހް މިހެން ވިދާޅުވެފައިވަނީ ޝެއިޙް ކުރެއްވި ޓްވީޓެއްގައެވެ.
މިޓްވީޓްގައި ޝެއިޙް ވިދާޅުވެފައިވަނީ ހުރިހާ މުއައްސަސާތަކާއި މީޑިއާ، އެންޖީއޯތަކައި ފަރުދުންނާއި އެކު އެއް އަޑެއްގައި އެއް ރޫހެއްގައި ނިކަން ބާރަށް މަސައްކަތް ކުރަންވީއެވެ. މިހާރުގެ މަސައްކަތް ގިޔަރު މައްޗަށް ޖައްސަން ވީއެވެ. ހޭލުންތެރި ކަން ކުޑަ ފަރާތްތަށް ހޭލުންތެރި ކުރަންވީއެވެ.
އަދި ނިންމާލަމުން އެޗް.ޕީ.އޭގެ އިރުޝާދުތަކަށް ބޯލަބަން ވީކަމަށް ވިދާޅުވެފައި ވެއެވެ.
ކަމާއި ބެހޭ މުއައްސަސާތަކުން ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރަމުން ދާއިރުވެސް އަދިވެސް ގިނަ ފަރާތް ތަކަކުން ބޭނުމެއް ނެތި ބޭރަށް ނުކުމެ ހޭލަމޭލަވަމުން އެބަދެއެވެ. އެފަރާތް ތަކުން އެކުރައްވަ އިލްތިމާސް ތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރައްވާ އިލްތިމާސް ތަކެކެވެ.
ޚިޔާލު